ގދ. ވާދޫގައި ވޯޓު ފޮށި ފަޅާލާފައި. (ފޮޓޯ/ކިއުންތެރިއެއް)

ވޯޓު ފޮށި ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 60 ދުވަސް

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް
1 އޮކްޓޯބަރު 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އިއްޔެ ކުރިއަށް ދިޔަ ވަގުތު ގދ. ވާދޫގައި ވޯޓު ފޮއްޓެއް ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 60 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ވާގޮތުން، ވޯޓު ފޮށި ފަޅާލި މައްސަލާގައި:

  • ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް

  • އޭނާގެ ބަންދަށް ކޯޓުން ވަނީ 60 ދުވަސް ދީފައި

ތަފްސީލް - އިއްޔެ ވާދޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ވޯޓު ލާން ވަތް މީހަކު ވޯޓު ފޮށި ބިންމަތީގައި ޖަހައި ފަޅާލާފައިވަނީ ވޯޓު ފޮށި ބަންދު ކުރަން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވަ އެވެ.

އޭނާ ބުނިގޮތުގައި ވޯޓު ފޮށި ފަޅާލުމާ އެކު، އޭގައި ހުރި ވޯޓުތައް ބިންމައްޗަށް ވެރުނެވެ. އަދި އެ ވޯޓުތައް އެ މީހާ އަތުން ނަގައި ބޮނޑިކޮށް ހެދި ކަމަށް ވެސް، މަންޒަރު ދުށް މީހުންނާ ހަވާލާދީ، ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގުޅުންހުރި - އިންތިހާބުގެ ކަންކަން ވީހާވެސް އަމާންކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔަ 'އޮޕަރޭޝަން ބްލޫ ވޭވް'ގެ ދަށުން އިއްޔެ 14 މީހަކު ފުލުހުންގެ ބެެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ގިނައީ ވޯޓު ކަރުދާސް ދައްކައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހުންނެވެ. 

ފުލުހުން ރޭ ބުނި ގޮތުގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ދޫކޮށްލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް