ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު

ސ. ފޭދޫ

ފޭދޫ މެމްބަރު ނިހާދަށް ގްރޫޕަކުން ހަމަލާ ދީފި

އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ނުލިބުނު ނަމަވެސް، ފޭދޫ ހެލްތު ސެންޓަރުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބޭ
30 ސެޕްޓެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ގްރޫޕަކުން ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ މީޑިއާއިން ބުނީ ނިހާދަށް ބަޔަކު ހަމަލާދިން ކަމުގެ މައްސަލައެއް މިއަދު މެންދުރު 11:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ތަފްސީލު - ފޭދޫއިން 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ނިހާދަށް ހަމަލާ ދިނީ ފޭދޫ ފަސްގަނޑު ސަރަހައްދުންނެވެ.

އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ނުލިބުނު ނަމަވެސް، ފޭދޫ ހެލްތު ސެންޓަރުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް