މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފައި (ފޮޓޯ/ކިޔުންތެރިއެއް)

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަށް ބަޔަކު ހަމަލާދީފި

އޭނާއަށް ހަމަލާދީފައިވަނީ މެންހަޓަން ބިޒްނަސް ހޮޓަލުގައި މަރަދޫ ދާއިރާގެ ކެމްޕޭން ޓީމާ އެކު އިންނަވަނިކޮށް
30 ސެޕްޓެމްބަރު 2023
1

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ވީ ކިހިނެއް؟- ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަަށްދާ މި ދަނޑިވަޅުގައި މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ ޝަރީފަށް ހަމަލާދިނީ މިއަދުގެ މެެންދުރުގެ ވަގުތެއްގަ އެވެ.

ތަފްސީލް- އޭނާ ނިސްބަތްވާ އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މެންބަރު ޝަރީފަށް ހަމަލާދީފައިވަނީ މެންހަޓަން ބިޒްނަސް ހޮޓަލް ތެރޭ މަރަދޫ ދާއިރާގެ ކެމްޕޭން ޓީމާ އެކު އޭނާ އިންނަވަނިކޮށް އެތާންގެ ތެރެއަށް ގުރޫޕަކުން ވަދެ އެވެ.

'ދައުރު' އަށް ލިބުނު ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ މޫނަށް އެކި ވަރުގެ ޒަހަމް ލިބިފައިވާއިރު އޭނާގެ މޫނު ހުރީ ނޫފައިގެންފަ އެވެ. އަދި މޫނު މަތީ ވަކިއެޅިފައި ވެސް ހުއްޓެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

ގުޅުން ހުރި ކަމެއް- ޝަރީފްގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ވެސް ހަމަލާދިންކަމުގެ މައްސަލައެއް ފުލުހުންނަށް މިއަދު ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް (1)

އަލީ

30 ސެޕްޓެމްބަރު 2023
ބޮޑަށް ވައްތަރީ ކައިރިގައުމެއްގެ އެޖެންޓުން އަޑީގައިތިބެގެން ކުޅޭ ޑްރާމާއަކާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް