ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕުން ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް %10 ޑިސްކައުުންޓް

މާދަމާ އިން ފެށިގެން އަންނަ މަހުގެ 29އާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ
28 ސެޕްޓެމްބަރު 2023

ދުނިޔޭގެ ހިތުގެ ދުވަހާ ދިމާކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިތުގެ ސްކްރީނިން ޕެކޭޖްތަކަށް %10 ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ހޮސްޕިޓަލުން ބުނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 29އާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ.

އެނގުން މުހިއްމު - ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވޭ ގޮތަކީ ހިތުގެ ބަލިތަކަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަކަށް ވާއިރު، ހިތުގެ ސްކްރީން ކުރުމަކީ ކުރިޔާލާ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށާއި ބައްޔެއް ހުރި ނަމަ، އަވަހަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

ޓްރީ ޓޮޕްގެ ހިތުގެ ސްކްރީނިން ޕެކޭޖުތައް

ހެލްތީ ހާޓް ޕެކޭޖް

  • މިއީ 30 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހާއްސަ ޕެކޭޖެއް

  •  ޕެކޭޖުގައި ހިމެނޭ ކްލިނިކަލް ޓެސްޓުތައް - މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުން، ބީއެމްއައި އަދި ބްލަޑް ޕްރެޝާ

  • ޑައިގްނޮސްޓިކްސް ޓެސްޓުތައް - ޗެސްޓް-އެކްސް-ރޭ (1 ވިއު)، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަޑިއޮގްރާމް (އީސީޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނޭ

  • ޑޮކްޓަރަށް ދެއްކުން - ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން

  • މި ޕެކޭޖުގައި 12 ލެބޯރަޓޮރީ ޓެސްޓު ވެސް ހިމެނޭ - އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން އަދި ހޯމޯސިސްޓީން 

ސްޓްރޯންގް ހާޓް ޕެކޭޖު

  • މިއީ 60 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ ޕެކޭޖެއް

  • މި ޕެކޭޖުގައި ހިމެނޭ ކްލިނިކަލް ޓެސްޓުތައް - މެޑިކަލް ހިސްޓަރީ ބެލުން، އިސްކޮޅު އަދި ބަރުދަން ބެލުން، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަދި ލޭގެ ޕްރެޝަރު ބެލުން

  • މި ޕެކޭޖުގައި ހިމެނޭ ޑައިގްނޮސްޓިކް ޓެސްޓުތައް - ޗެސްޓް-އެކްސް-ރޭ (1 ވިއު)، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަޑިއޮގްރާމް (އީސީޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީއެމްޓީ)

  • އީޕޯޑީ ކޮންސަލްޓޭޝަން - ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން

  • މި ޕެކޭޖުގައި ހިމެނޭ 12 ލެބޯޓްރީ ޓެސްޓަކީ - ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން އަދި ސީއާރުޕީ (ވާރިއޯ) 

އިތުރު އާޓިކަލް

އިތުރު އާޓިކަލް