ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް 'ދައުރު'ން ގެނެސްދޭ 'ވޯޓު23' ޕްރޮގްރާމުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. (ދައުރު ފޮޓޯ)

ޖުމްހޫރީ ޕާޓީ

ޖިހާދު ހިމެނޭހެން ޖޭޕީގެ އިސް މެމްބަރުންތަކެއް ޕީޕީއެމް އާ ގުޅިއްޖެ

ޖޭޕީގެ 7 މެމްބަރަކު ޕީޕީއެމް އާ ގުޅުނުއިރު އިތުރު ފަސް ކައުންސިލް މެމްބަރަކު މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފައިވޭ
23 ސެޕްޓެމްބަރު 2023

މިދިޔަ ފެބްރުއަރީ މަސްތެރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ހިމެނޭހެން އެ ޕާޓީގެ އިތުރު ހަ މެމްބަރަކު ޕީޕީއެމް އާ މިރޭ ގުޅިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟- ގިރާވަރު ކޮމިޓީ އާ ބައްދަލުކުރެއްވުމަށް މިރޭ، މާފަންނު މަދަރުސާ ކައިރީ ބޭއްވި ބައްދަލުވުމުގައި، ޖޭޕީ ހިމެނޭހެން އެހެން ޕާޓީތަކުގެ ކުރީގެ މެމްބަރުން ވެސް ޕީޕީއެމް އާ ގުޅިވަޑައިގަތެވެ.

ތަފްސީލް - ޖިހާދު ވަނީ ގާސިމްގެ ކެމްޕެއިންތެރޭ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ތެރޭގައިވެސް ހަރަކާތްތެރިވެފަ އެވެ. ޖިހާދުގެ އިތުރުން މިރޭ ޕީޕީއެމް އާ ގުޅިވަޑައިގަތީ:

  • ޖޭޕީގެ ސްޕެޝިއަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު  އިރްތިޝާމް އާދަމް

  • މިދިޔަ އެޕްރީލް ތެރޭ ޖޭޕީ އާ ގުޅިވަޑައިގެން، ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް

  • ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމުގައި ހުންނެވި ޔާމިން ރަޝީދު

  • ގާސިމްގެ ކުރީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ

  • ޖޭޕީގެ ކައުންސިލް މެމްބަރު އަލީ އިބްރާހިމް ދީދީ

  • ޖޭޕީގެ ކައުންސިލް މެމްބަރު ފަޒީލް އަލީ

  • ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ޝާހިދު

  • ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް

މީގެ އިތުރުން ދެވަަނަ ބުރުގައި ޖޭޕީގެ ފަރާތުން މުއިއްޒުއަށް ތާއީދުކުރައްވާ ޖޭޕީގެ ބައެއް ބޭފުޅުންގެ ނަންތައްވެސް މިއަދުގެ ބައްދަލުވުމުގައި އިއުލާން ކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:

  • ޖޭޕީގެ ކައުންސިލް މެމްބަރު އިބްރާހިމް ޒަކީ

  • ޖޭޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ހުސެއިން

  • ޖޭޕީގެ ކައުންސިލް މެމްބަރު ޑރ. މުހައްމަދު އިނާން

  • ޖޭޕީގެ ކައުންސިލް މެމްބަރު ހުސެއިން ޒާމިލް

  • ޖޭޕީގެ ކައުންސިލް މެމްބަރު ޑރ އިބްރާހިމް ޝިޔާމް

އެނގުން މުހިންމު - ދެ ވަނަ ބުރަށް ދިޔަ ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީއާ އެކު މަޝްވަރާތައް ކުރުމަށް ފަހު، ޖޭޕީގެ ކައުންސިލް ބައްދަލުވުމުން  ފާސްކޮށްފައިވަނީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

އޭގެ ފަހުން، ޕާޓީގެ އާންމު މެމްބަރުންނަށް އެޑްރެސްކޮށް ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނެރުއްވި ބަޔާނެއްގައި ވަނީ ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެއާ އެކު އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް މެމްބަރުންނާއި ކައުންސިލް މެމްބަރުން  އަންނަނީ ދެ ވަނަ ބުރުގައި އެ މެމްބަރަކު ހުންނަވަން ބޭނުންވާ ކޮޅު ނަންގަވާ، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް