ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރި އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު. (ފޮޓޯ/ސިވިލް ކޯޓު)
ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދުއާ ހަވާލުކޮށްފި
ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކުރިކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މިއަދު ނެރުނު ބަޔާނަކުން އިއުލާނުކޮށްފަ އެވެ.
ތަފްސީލް - ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ގާޒީއަކާ ހަވާލުކުރަން ޖެހުނީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
އެނގުން މުހިންމު - ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ނިމާލް އައްޔަންކުރީ އެ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާތީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގަ އެވެ. އޭގެ ކުރިން، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިމާލް ވަނީ އެ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ނިމާލްގެ ޖަނާޒާ ބާއްވައިފައިވަނީ އިއްޔެ މެންދުރު ނަމާދަށް ފަހު އެވެ.
ކޮމެންޓް (1)
މުހައްމަދު