ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ބަނދަރު ހެދުން

ފުލިދޫ ބަނދަރު ހަދަން 63 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ބަނދަރުގެ މަސައްކަތް ފަށާނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ހެދުމަށް ފަހު
7 ސެޕްޓެމްބަރު 2023

ވ. ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް 63 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމް 

  • ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް

ތަފްސީލް - މި މަޝްރޫއުގެ އަގަކީ 63.46 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން:

  • 41،413 ކިއުބިކް މީޓަރުގެ ސަރަހަައްދެއް ބަނދަރު ތެރެއިން ފުން ކުރާނެ

  • 7،812 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ

  • 439 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ

  • 174 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހައި 77 މީޓަރުގެ ބޭރުތޮށި ލާނެ

  • 300 މީޓަރުގެ އެއްގަމުތޮށި ލައި 40 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ އާރުސީ ބްރިޖެއް ހަދާނެ

  • 1،450 އަކަމީޓަރުގެ ޕޭވްމަންޓް ހަދާނެ 

  • ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރާނެ

މި މަސައްކަތް ފަށާނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ހެދުމަށް ފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް