އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވޯޓުލައްވަނީ. (ފޮޓޯ/އެމްއެންޕީ)

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް- ޕީއެންސީއާ އެކު ކުރިއަށްދާން އެމްއެންޕީގެ ކައުންސިލުން ނިންމައިފި

މި މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހިންގާ ގައުމީ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ. ނަމަވެސް މިކަމުގައި ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީންނެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 2،000އެއްހާ ވޯޓު ހޯދި އެމްއެންޕީގެ ގައުމީ ކައުންސިލުން، އެގޮތަށް ފާސްކޮށްފައި ވަނީ، 37 މެންބަރުންގެ ވޯޓާ އެވެ. 

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެމްއެންޕީއަށް ޕީޕީއެމް-ޕީއެންސީގެ އިތުރުން ސަރުކާރު ހިންގާ އެމްޑީޕިން ވެސް ދައުވަތު ދީފައިވެ އެވެ.

ތަފްސީލު - އެމްއެންޕީންގެ ކައުންސިލް ބައްދަލުވުމުގައި ތިން ގޮތަކަށް ވޯޓަށް އެހި އެވެ. އެގޮތުން:

  • ފުރަތަމަ ވޯޓަށް އެހީ، އެއްވެސް ކޮޅަކަށް ނޭރުމަށް؛ ހަ މެންބަރަކު އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވި

  • ދެވަނަ އަށް ވޯޓަށް އެހީ ރައީސް ސޯލިހާ އެކު ކުރިއަށް ދިއުމަށް؛ އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ނުކުރައްވާ

ބައްދަލުވުމަށް ފަހު، އެމްއެމްއެންޕީން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، ގައުމީ ކައުންސިލުން އެގޮތަށް ނިންމި ނަމަވެސް، ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ނިންމާނީ ލީޑަރުންގެ މައްޗަށް އެކުލެވޭ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއެންޕީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރެއްވީ، އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެވެ. އޭނާއަށް ލިބިވަޑައިގެންވީ،1،907 ވޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް