ނޮޅިވަރަމަށް ވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
ފެނަކައިން ދައުލަތަށް ބޮޑު ފައިދާއެއް ހޯދާކަށް ނޫޅެން؛ އެއީ އަސާސީ ހިދުމަތް ދޭ ތަނެއް: ރައީސް
އަތޮޅުތެރޭގައި ކަރަންޓުގެ ހިދުމަތް ދޭން އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ފެނަކަ އަކީ މާ ބޮޑު ފައިދާއެއް ވާ ތަނަކަށް ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތް ދޭ ތަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފެނަކައިގެ ދަރަންޏާއި އެ ކުންފުނިން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދޭ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަަތަކަށް ރައްދު ދެއްވައިފަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ، ފެނަކަ އަކީ ހަމައެކަނި ކަރަންޓުގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދީ، އައިސް ޕްލާންޓެއް ހުންނަ ރަށެއް ނަމަ، އެ ތަން ހިންގައި މަރާމާތުކޮށް ހަދަނީ ވެސް ފެނަކައިން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ. ފެނަކަ އަކީ ހަމައެކަނި ކަރަންޓު ދޭ ބަޔެެއް ނޫނޭ. އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދާކަށް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކަށް ވަޒީފާ ދީ، އެ ކުންފުންޏަށް ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހޭ ވަރު ވާ ނަމަ، އެ ވަރުން ފުދޭ ކަމަށެވެ.
"ފެނަކަ އަކީ ކޮންމެހެން އަޅުގަނޑުމެން ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން. ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ދިނުމާ އެކީގައި، ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ހޯދައިިދިނުން،" ކުރިއަށް އޮތް ތަނުގައި ވެސް ފެނަކައަށް ބޭނުންވާ މުވައްޒަފުން ނަގާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އަތޮޅުތެރޭގައި ކަރަންޓުގެ ހިދުމަތް ދޭން އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ފެނަކަ އަކީ މާ ބޮޑު ފައިދާއެއް ވާ ތަނަކަށް ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތް ދޭ ތަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ.… pic.twitter.com/Rri6UeGaFA
— Dhauru (@Dhaurunews) September 3, 2023
އެނގުން މުހިންމު - ފެނަކައިގެ ދަރަނި އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ވިޔަފާރިތަކަށް މިލިއަނުން ފައިސާ ދައްކަން ޖެހޭއިރު، ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވެސް ކުރެވެ އެވެ. އެގޮތުން:
-
މިދިޔަ އަހަރު ނިމުނު އިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ
މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ މާލީ އުސްއަލިތަކަށް ބަލާއިރު:
-
އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނު އިރު، 2 ބިލިއަން ރުފިޔާ ހަރަދުވެފައިވޭ
-
ހަރަދަށް 1.4 މިިލިއަން ރުފިޔާ އިތުރުވެފައިވޭ
-
ހަރަދުތައް އިތުރުވެފައި ވަނީ މުވައްޒަފުން ތަމްރީން ކުރުން، ރެކްރިއޭޝަން ކްލަބް، މުވައްޒަފުންގެ އެކޮމޮޑޭޝަން އަދި ކެއުމުގެ ބައިން
-
ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު ކަމަށް ދައްކަނީ 15.6 މިލިއަން ރުފިޔާ
އިތުރަށް ކިޔާލަން - ކުންފުނިތަކުން ދޭ ވަޒީފާ އިތުރުކުރަން ސިޔާމް ގޮވާލައްވައިފި
ކޮމެންޓް (1)
ތަކުރުފާނު