މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަން ބިމެއް ކަނޑައަޅައި އެކަމާ ގުޅޭ އެއްބަސްވުމުގައި އާބަންކޯ އާއި ޔޫތު މިނިސްޓްރީން ސޮއިކުރުން. (ފޮޓޯ/އާބަންކޯ)

ރޭސް ޖެހުން

ރޭސިން ޓްރޭކެއް އަޅަން ތިލަފުށިން ބިމެއް ދީފި

މޮޓޯ ސްޕޯޓްސް އެރީނާ ތަރައްގީކުރަން ދީފައިވަނީ ތިލަފުށީގެ ދެ ވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިމެއް
31 އޯގަސްޓު 2023

ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ނުވަތަ ރޭސިން ޓްރެކެއް ތަރައްގީކުރަން ބޭނުންވާ ބިން އާބަންކޯއިން ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އާބަންކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް

  • ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދު

މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަން ބިމެއް ކަނޑައަޅައި، އެކަމާ ގުޅޭ އެއްބަސްވުމުގައި އާބަންކޯ އާއި ޔޫތު މިނިސްޓްރީން ސޮއިކުރުން. (ފޮޓޯ/އާބަންކޯ)

ތަފްސީލް - މޮޓޯ ސްޕޯޓްސް އެރީނާ ތަރައްގީކުރަން ދިނީ ތިލަފުށީ ފޭސް ދޭއްގެ 10 ހެކްޓަރުގެ ބިމެކެވެ.

އެ މަޝްރޫއުގެ މަގްސަދަކީ މޮޓޯ ސްޕޯޓްސްއަށް އެކަށީގެންވާ ސަރަހައްދެއް ތަރައްގީކޮށްފައި ނުވާތީ، އެ ކަމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އާބަންކޯ އިން ބުނެ އެވެ.

ބުނީ ކީކޭ؟ - "މިހާރު ހުޅުމާލޭގައި ވަރަށް ދަތިކޮށް ކުރަމުން އަންނަ ކަމެއް ހައްލުވެގެން، އިންޓަނޭޝަނަލް ސްޓޭންޑަޑް ޓްރެކެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މި ވަނީ ހަމަޖެހިފައި،" އާތިފް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ޝާމިހު ވިދާޅުވީ، އެ ތަނުގައި ހަމައެކަނި ރޭސް ޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް