އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. (ފޮޓޯ/ހުސައިން ސުނޭން)

ސުޕްރީމް ކޯޓު

އަމާންކަން ގެއްލޭ ވާހަކަ ދެއްކުން މަނާކުރާ މާއްދާ ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ާއާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 15 އަހަރު ވެފައިވާތީ، އާންމު ގާނޫނުގައި އޮތް މާއްދާއެއް އިސްލާހުކުރަން ފުރުސަތު ދެވެން ނެތް ކަމަށް ބުނެ ހައިކޯޓުން ވަނީ އެމާއްދާ ބާތިލުކޮށްފައި

މުޖުތަަމައުގެ އަމާންކަމަށް ބުރުއަރާ ވާހަކަތައް ދެއްކުން އާންމު ގާނޫނުގެ ދަށުން މަނާކޮށްފައި އޮންނަ މާއްދާ ހައި ކޯޓުން ބާތިލު ކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލަ އަކީ 'އިންޑިއާ އައުޓް' ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ނިންމަވައި އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުގެ މައްސަލާގައި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއިން ބެލި މައްސަލަ އެކެވެ.

އެ ގަރާރުގެ މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން މިދިޔަ އޮގަސްޓު މަހު ނިންމި ނަމަވެސް، މުޖުތަަމައުގެ އަމާންކަމަށް ބުރުއަރާ ވާހަކަތައް ދެއްކުން އާންމު ގާނޫނުގެ ދަށުން މަނާކޮށްފައި އޮންނަ މާއްދާ ހައި ކޯޓުން އެ ދުވަހު ވަނީ ބާތިލުކޮށްފަ އެވެ.

މި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ.

ބުނީ ކީކޭ؟ - ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައި ނުގަތުމަށް މިއަދު ރަޖިސްޓްރާ ނިންމެވި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ، އިސްތިއުނާފް ކުރަން ހުށަހަޅާފައިވާ ނުކުތާތަކާއި އެ ނުކުތާތަކާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ ސަަބަބެއް ދައުލަަތަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

އެނގުން މުހިންމު - މުޖުތަަމައުގެ އަމަންއާންކަމަށް ގެއްލުން ލިބިދާނެ ވާހަކަތައް ދެއްކުން، 1968 ވަނަ އަހަރު ހަދާފައިވާ އާންމު ގާނޫނުތަކުގެ ދަށުން އޮތީ މަނާކޮށްފަ އެވެ. އެކަމަކު، ހައި ކޯޓުން މިދިޔަ އޮގަސްޓު މަހު ވަނީ އެ މާއްދާއަކީ ބާތިލުކުރަން ޖެހޭ މާއްދާއެއް ކަމަށް ނިންމާފަ އެވެ.

އެ ނިންމުމަށް ވާސިލުވި ސަބަބުތަކުގެ ތެރޭގައި ހައި ކޯޓުން ފާހަގަށްފައިވަނީ:

  • އެއީ އުވާލަން ޖެހޭ މާއްދާއެއް ކަމަށް ދައުލަތުން ވެސް ގަބޫލުކުރޭ

  • އެ މާއްދާ އިސްލާހުކުރަމަށް މަސައްކަތްކުރަމުންދާ ކަމަށް ދައުލަތުން ފާހަގަކުރޭ

  • އެކަމަކު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 15 އަހަރު ވެފައިވާތީ އެ ގާނޫނު އިސްލާހުކުރަން އިތުރު ފުރުސަތެއް ދެވޭކަށް ނެތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް