ރިޔާސީ އިންތިހާބުގެ ކެމްެޕެއިންއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު އދ. ދިއްދޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ޖޭޕީ)

ދެވަނަ ދައުރަކަށް ކުރިމަތިނުލެވޭ ގޮތް ހަދަންވީ: ގާސިމް

ގާސިމް ވިދާޅުވީ ދެވަނަ ދައުރެއް ނުދީ، ފަސް އަހަރުގެ ދައުރު ދިގު ދަންމާލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށް

ދެ ދައުރު ރައީސްކަން ކުރެވޭ ގޮތަށް ގާނޫނުއަސާސީގައި އޮންނަ އޮތުން ބަދަލުކޮށް، ދައުރުގެ މުއްދަތު އިތުރުކޮށްގެން ވިޔަސް، ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ދެ ވަަނަ ދައުރަކަށް ކުރިމަތިނުލެއްވޭ ގޮތް ހެދުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީގައިވާ ގޮތުން، ރައީސް ކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި ރައީސްގެ މަގާމަށް އިންތިހާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެ ދައުރަށް ވުރެ ގިނަ ދުވަހު އެ މަގާމެއް ނުފުރޭނެ އެވެ.

ވީ ކިހިނެއް؟ - ގާސިމްގެ ރިޔާސީ ކެމްޕެއިނަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިހާރު ހުންނެވީ އޭނާގެ އުފަން ރަށް، އދ. ދިއްދޫގަ އެވެ. އެ ރަށުގައި ތިބި ޖޭޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދެވަނަ ދައުރެއް ހޯއްދެވުމަށް އެ އިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކު ހަރަދު ކުރަނީ "ހަލާލެއް، ހަރާމެއް" ނުބަލައި އިންތިހާ ދަރަޖައަށް ކަމަށެވެ.

"ދެވަނަ ދައުރެއް ނޯންނަންޏާ ދެން މައްސަލައެއް ނެތްތާ. މިހާރު މި އޮންނަ ދައުރު ފަސް އަހަރުން ހަތް އަހަރަށް ދިގުކޮށްގެން ނަމަވެސް، އެއް ދައުރު ކޮންމެ މީހަކަށް ވެސް ލިބޭނެ [ކަމަށް] ބުނެފިއްޔާ ދެން އޭނާ އަންނާކަށް، ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނެއްތާ. އެކަމަކު އެ ޕާޓީން އަނެއްކާ އެހެން މީހަކު ގެނައުމަށް މަސައްކަތް ކޮށްފާނެ، މިއީ ވެސް އަނެއްކާ ކުޑަކަމެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްެޕެއިންއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު އދ. ދިއްދޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ޖޭޕީ)

ނަމަވެސް، ދައުރު ދިގު ދަންމާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ވެސް ބޮޑެތި އުނދަގޫތަކެއް ހުރި ކަމަށް ގާސިމް އެއްބަސްވެވަޑައިގެންނެވި އެވެ. އެއަށް ފަހު އޭނާ ވިދާޅުވީ ބާރުގައި ތިބުމުން، ރައްޔިތުންގެ މުދާ ވެރިން ގާނޫނާ ހިލާފަށް ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދެވަަނަ ދައުރެއް ހޯދުމަށް މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާނޫނާ ހިލާފަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ގާސިމް ވަނީ މިއަދު ވެސް ތުުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ، ވޯޓު ވަކި ގޮތަކަށް އަނބުރާލުމަށް ފައިސާ ދިނުމާއި ސަރުކާރުގެ ވަޒީފާތައް ދިނުން ވެސް އިތުރު ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް (2)

ބޯގޯސް

27 އޯގަސްޓު 2023
ސޭޓް ހޮވެންދެން ކޮންމެ އަހަރަކު 1 ފަހަރު އިންތިހާބް ބާށްވަންވާނެ ވިސްނާފަ ވޯޓް ދެމާ
2 0

ބޯގޯސް

27 އޯގަސްޓު 2023
ސޭޓް މިފަހަރު ނުހޮވުނިއްޔާ ބުނާނެ ކޮންމެ ހަމަހަކުން އިލެކްޟަން ބާށްވަން ޖެހޭނެޔެނެޔޭ ތިމަންނަޔޭ އެންމެ ގިނައިން ޓެކުސް ދައްކަނީ އެހެން ވީމާ ތިމަން ހޮވެންދެން މިގޮތަށް ހަދަން ފެނެޔޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް