ގައްދޫ ސިއްހީ މަރުކަޒުގައި ބަޔަކު ހިދުމަތް ހޯދަނީ: މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުދިންތަކަކަށް ދިން ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި

ގދ. ގައްދޫ

ގައްދޫގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން ކަމަށް ބުނެ މުޒާހަރާކޮށްފި

އައިވީ ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައި

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިން ކުޑަކުދިންތަކަކަށް، މުއްދަތު ހަމަވެފައިވާ އައިވީ ދިން ކަމަށް ބުނެ، މިއަދު ހަވީރު ގިނަ ބަޔަކު އެ ތަނަށް އެއްވެ މުޒާހަރާ ކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުޑަކުއްޖަކަށް އައިވީ ދޭތަނާއި އާއްމުން ރުޅިގަދަވެގެން މުޒާހަރާ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ ތެރެއިން އެއް ވީޑިއޯއެއްގައި:

  • މީހަކު ތުއްތު ކުއްޖަކު އުރާލައިގެން ހުންނައިރު، ފަޔަށް އައިވީ ގުޅާފައި ހުންނަތަން ފެނޭ

  • އަދި އެ އައިވީގެ މުއްދަތު، މިދިޔަ މަހުގެ 23 އަށް ހަމަވެފައިވާތަން ވެސް ވީޑިއޯއިން ފެނޭ

  • އެ ވީޑިއޯ ނެގި މީހާ ބުނިގޮތުގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް މުއްދަތު ހަމަވެފައިވާ އައިވީ ގުޅި

ގައްދޫ ސިއްހީ މަރުކަޒުން ދިން ކަމަށް ބުނާ އައިވީ

މި މައްސަލައިގައި ގިނަ ބަޔަކު ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެ ހަޅޭއްލެވި އިރު، ފުލުހުން އެ މީހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާތަން ވެސް ވީޑިއޯތަކުން ފެނެ އެވެ.

މިކަމާ ގުޅޭގޮތުން ސިއްހީ މަރުކަޒުގެ އަދި ރަށުގެ ވެރިއެއްގެ ބަސް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް