މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

ސަން ސިޔާމް

އާބާދީ ދަށަށް ދާތީ ސިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވީ ރާއްޖޭގައި ވިހާ ރޭޓު ދަށްވެ، މުސްތަގުބަލަށް އޭގެ ނުބައި އަސަރު ކުރާތަން ފެންނަން ފަށައިފި ކަމަށް

ތުޅާދޫ – މުސްތަގުބަލުގައި ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ވަޒީފާ އަދާކުރާނެ ދިވެހިން މަދުވާނެތީ ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

 ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅިފައިވާ ޕާޓީތަކުން ކުރާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން މިރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގައި ވިހާ ރޭޓު ދަށްވެ، މުސްތަގުބަލަށް އޭގެ އަސަރު ކުރާތަން ފެންނަން ފަށައިފި ކަމަށެވެ.

ތަފްސީލު – ފްރާންސް މިސާލަކަށް ނަންގަވާ ސިޔާމް ވިދާޅުވީ އެ ގައުމުގައި މަސައްކަތް ކުރާނެ އާބާދީ ނެތުމުން ގައުމު ހިންގަން ގައުމުން ބޭރުން މީހުން ގެންނަން ޖެހިފައިވާ ކަމަށެވެ.

"ގައުމުގެ ރައްޔިތުން އަޅުގަނޑުމެންނަށް އެނގޭ ކީއްވެކަން މީގެ ކުރިން ރައްޔިތުން ބާތު ކޮންޓްރޯލު [ދޭތެރެ ދުރުކޮށްގެން] އުޅުނީ. އޭރުގައި އޮތް ދަތި އުނދަގޫ ކަންތައްތަކުގެ ސަބަބުން،" ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ގިނަ ދަރިން ލިބުމަކީ އުފާވާނެ ކަމެއް ކަމަށާއި އާއިލާ ބޮޑުވުމުން ލިބެނެ ފައިދާތައް ހުންނާނެ ކަން ވެސް ގަބޫލުކުރައްވާ ކަމަށެވެ.

އިގްތިސޯދީ މަސައްކަތް ކުރަން އެކަށީގެންވާ އާބާދީއެއް ވެސް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް (1)

ހެއްޔޯސާ

22 އޯގަސްޓު 2023
ސަން ސިޔާމު ފަދަ މާތް ރަސްކަލާނގެ މުއްސަނދިކަމާއި ޖާހާއި ދެންވެސް ލެއްވި އެއްޗެއް ދެއްވާފަ 4 އަނބިން ހުރި މީހަކު ގައުމީ ޓީމުގެ ސްކޮޑް ހަމަވާ ވަރަށް ދަރިން ނުހޯދަނީ ކީއްވެތޯ ޕޯޑިއަމްއަކު ހުރެ ބުނެދޭ ދުވަހަކުން މަވެސް ދަރިއެއް ހޯދާނަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް