ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

މެމްބަރު ސިރާޖު އެމްޑީޕީން ވަކިވެއްޖެ

މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ. 

ވީ ކިހިނެއް؟ - އޭނާ މިއަދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުން ނުވާތީ އެ ޕާޓީން ވަކިކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ތަފްސީލް - ސިރާޖު އެމްޑީޕީއާ ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ފަހު ވަގުތު ތާއީދުކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ، އެ ޕްރައިމަރީގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

އޭނާ އެމްޑީޕީގައި ހުންނެވިއިރު ވެސް، ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. ނަމަވެސް، އޭނާ އެމްޑީޕީން ވަކިވެވަޑައިގަތީ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވަން ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ކޮމެންޓް (1)

ގާލިބު

21 އޯގަސްޓު 2023
އޭނާ ވަކިވީ ޕީޕީއެމާ ގުޅެން އޭނާ އިއްޔެ ވަނީ މުއިއްޒާ ބައްދަލުކޮށް މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފައި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް