ޅ. ނައިފަރު ބިން ހިއްކުމާއި އަދި ރ. ހުޅުދުއްފާރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ އެކު ސޮއި ކުރުމުގެ ތެރެއިން. (ފޮޓޯ/ ޕްލޭނިން މިނިސްޓްރީ)

173 މިލިއަން ރުފިޔާގެ 2 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

އެމްޓީސީސީއާ މިއަދު ހަވާލުކުރީ ނައިފަރު ބިން ހިއްކުމާއި ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

ދައުލަތުގެ ބަޖެޓުން 173 މިލިއަން ރުފިޔާ ހަރަދުކުރާ ދެ މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްެރޫއުތައް ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން

  • ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު

ތަފްސީލު - އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތަކަކީ:

  • ޅ. ނައިފަރު ބިން ހިއްކުން

  • ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުން

ނައިފަރު ބިން ހިއްކުން:

  • 141.3 މިލިއަން ރުފިޔާ ހަރަދުކުރޭ

  • ހަވާލުކުރީ ނުވަ މަސްދުވަހުގެ ތެރޭގައި ނިންމަން

ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުން:

  • 32.3 މިލިއަން ރުފިޔާ ހަރަދުކުރޭ

  • ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް