އުމަރު ނަސީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޕިކަޕް ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އުމަރު ނަސީރު ޓްވިޓާ

އުމަރަށް ދަގަނޑު ބުރިއަކުން ހަމަލާ ދީފި، އެކަމަކު އަނިޔާއެއް ނުވޭ

ޕިކަޕް ރެލީއެއްގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް ހަމަލާ ދިން މީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު މާލޭގައި ޕިކަޕެއްގައި ކެމްޕެއިން ކުރައްވަނިކޮށް މީހަކު ދަގަނޑު ބުރިއަކުން ހަމަލާދީ ފިލައިފި އެވެ. އެކަމަކު އުމަރަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

ވީ ކިހިނެއް؟ - އުމަރު ގެންދަވަނީ ކެމްޕޭނަށް މާލެ ސަރަހައްދުގައި ޕިކަޕް ރެލީތައް ބާއްވަވަމުންނެވެ. މިއަދުގެ ހަރަކާތް އޮތީ މާލޭގަ އެވެ.

ތަފްސީލު - އުމަރު، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މާލޭގައި ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލައި ފިލާފައިވާ ކަމަށެވެ. އެ ދަގަނޑުގަނޑު އޭނާގެ މޫނުގައި ޖެހުނު ކަމަށް ވެސް ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ:

  • އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިިން އެމީހާގެ ފޮޓޯ ފުލުހުންނާ ހިއްސާކުރި ކަމަށް

  • މި ހަމަލާގައި އޭނާއަށް އަނިޔާއެއް ލިބިފައެއް ނުވޭ

ފާހަގަކޮށްލެވޭ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، އެ ބޭފުޅުންގެ ކެންޑިޑޭންސީ ބަލައިގަތް ހިސާބުން ފެށިގެން އެމްއެންޑީއެފް އިން އަންނަނީ، ގާނޫނުގައި އޮންނަ ގޮތަށް، ސެކިއުރިޓީ ވެސް ދެމުންނެވެ. އެކަމަކު ބައެއް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަ އެވެ. އެގޮތުން މިއަދު ހަވީރު ވަނީ ކ. ގުރައިދޫގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި މާރާމާރީ ހިންގައިފަ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާ ވެސް ވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް