ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގޯތި ދޫކުރަން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން، އުޅަނދުތައް 10 ދުވަހުގެ ތެރޭ ނަގަން އަންގައިފި

އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނަގަންވަނީ އަންގާފައި

ހުޅުމާލެއިން ގޯތި ދޫކުރުމަށް ހިއްކަން ނިންމާފައިވާ ދެ ވަނަ ފިޔަވަހީގެ ފަޅު، ހިއްކަން ފެށުމަށް އެ ފަޅުގައި އަޅާފައިވާ އުޅަނދުތަައް 10 ދުވަހުގެ ތެރޭގައި ނެގުމަށް މިއަދު އާބަންކޯއިން އަންގައިފި އެވެ. 

ވީ ކިހިނެއް؟ - މި ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްވީ ވައުދު ފުއްދަން ޝަރުތު ހަމަވާ ލިސްޓެއް މިދިޔަ މަހު ފަހުކޮޅު ވަނީ ނެރެފަ އެވެ. އަދި އެ ލިސްޓަށް، ހުޅުމާލެ، ގުޅީފަޅު، ގިރަވާރު ފަޅުން އަންނަނީ ގޯތިތައް ލިބޭ ފަރާތްތައް ގުރުން ނިންމަމުންނެވެ. ސަރުކާރުން ބުނަނީ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު އަންނަ ނޮވެމްބަރު މަހު 17ގައި ނިމުމުގެ ކުރިން އެ ފަރާތްތަކަށް ލިބުނު ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ. ހިލޭ ގޯތި ދެނީ:

  • ހުޅުމާލެ ދެވަނަ ފިޔަވަހި

  • ގިރާވަރުފަޅު

  • ގުޅީފަޅުން 

ހުޅުމާލޭ ދެވަނަ ފިޔަވަހީންދޭ ގޯތިތައް އިތުރުކުރަން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި އޮތް ފަޅު ހިއްކައިގެންނެވެ. މިހާރު އެ ފަޅު ބޭނުން ކުރަނީ ސަފާރީތަކާއި އެހެން އުޅަނދުފަހަރު ބަނދަރު ކުރުމަށެވެ.

ތަފްސީލް - މިއަދު އާބަންކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅުނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރުތައް އެ ސަރަހައްދުން ނެގުމަށް އަންގާ ކަމަށެވެ.

"ވީމާ، މި އުޅަނދުތަކުގެ ވެރިފަރާތެއްވާ ނަމަ މި ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް ފަހު، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެންގެވުމަށް ދަންނަވަމެވެ،" އާބަންކޯގެ ބަޔާނުގައިވެ އެވެ.

އެމުއްދަތުގައި ނުނަގާ އުޅަނދުތަކާ މެދު "ކ. ތިލަފުއްޓާއި ކ. ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރުމުގެ އުސޫލު"ގެ ދަށުން އަމަލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެނގުން މުހިންމު - ހުޅުމާލޭ ދެވަނަ ފިޔަވަހި ޕްލޭންކޮށްފައި ފުރަތަމަ އޮތީ ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދާ ގޮތަށެވެ. އެ ތަން ހަދަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުގެ ކަނޑު ތޮށި ހިމަނައިގެންނެވެ. ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރުމުން އޭގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް، އާބަންކޯއިން ކުރިން އޮތީ ބުނެފަ އެވެ.

ނަމަވެސް، ރިޔާސީ އިންތިހާބާ ދިމާކޮށް މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، ދެވަނަ ފިޔަވަހީގެ ފަޅު ހިއްކައި އެތަނުން ގޯތި ދޭން މިހާރު ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް (2)

އަޔާން

18 އޯގަސްޓު 2023
މާލެ މީހުންނައް ގޯތި ދިނުމަކުން ކޮބާތަ މައްސަލައަކީ މިތާންގެ އަހުލުވެރިންނަކީވެސް ހަމަ އިންސާނުން މި މާލޭން ގޯތި ނުދޭތާ ވީދުވަހެއް ނޭންގެ.މި ގޯތިތައް ދޭވާހަކަ ދައްކަން ފެށިއިރައް ރައްރަށުގަ ތިބި މީހުންގެ ގަޔައް ހީވީ ރަތްހިނި ތަކެއް އަރައިގެން އުޅުނުހެން ބަލަ ތި ރަށްރަށުން ގޯތި ދޭތާ ކިހާދުވަހެއް ގައިމު އަޑެއްބަޑެއް ނީވޭ ގޯތި ދެނީވެސް އެ ރަށެއްގެ ރަށްވެހިންނައް މާލެ މީހުން ނުލަވާ ހަޅޭކެއް ނުތެޅޭ ފަހާފޮށީ ދަތްގަނޑު ތެޅޭހެންނެއް.ހަޖަމްކުރަން ދަސްކުރަމާ ދެން މިހެން މަ ބުނީތީ މަ ރޮލާކާލާ ހަމަ އޯކޭ މަޝައް ލިބޭނީ ހަމަ ސަވާބު.
1 1

ފާތުން

17 އޯގަސްޓު 2023
ގޯތިދެނީ ހިލެއެއްނޫން ވާރުތަވާ ކިރިޔާވެސް ބިމެއް ނޫނީ ތަންކޮޅެއް އޮތަސް ސަރުކާރައް ދޫކޮއްލަންޖެހޭ.މާލެއިން ގޯތިނުދެންޏާ އެހެން ރަށަކުންވިޔަސް ދޭންވީ، އަތޮޅުތަކުގެ މީހުނައް އެބަޔެއްގެ އަމިއްލަ ރަށުން ދިނުމަކުން މައްސަލައެއް ނެތް. މާލޭގެ ރައްވެހިން ނައްމާލެއިން ދިނުމުން ކޮބާ މައްސަލަޔަކީ؟ ވެދާވެ އަހަރެންގެ ވިސްނުން ކަމުނުދަނީކަމައް. މާލެވީމަ ކީއްވެ ވަކިނުދެވެންވީ؟
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް