ފުލުހުން ބްރިޖުގެ ޓްރެފިކް ބަލަހަައްޓަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ސޯލާ ޕެނަލް ހަރުކުރަން ހައިވޭގެ ބައިތަކެއް ބަންދު ކުރަނީ

އެ މަސައްކަތް ކުރާނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5އަށް

ހުޅުމާލެ-މާލެ ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރުމަށް ހައިވޭގެ ބައެއް ލޭނުތަކުގެ ބައެއް ސަރަހައްދުތައް ބަންދު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމެންޓު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސޯލާ ޕެނަލް ހަރުކުރުމާ ގުޅޭ މަސައްކަތެއް ކުރުމަށް ލިންކު ރޯޑުގެ ހަތަރު ސަރަހައްދެއް އަދި ހުޅުމާލޭ ބޯށިމާ ހިނގުމުގެ އެއް ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނީ، މާލެ-ހުޅުމާލެ ލިންކު ރޯޑު އަދި ބޯށިމާ ހިނގުމުގެ ސަރަހައްދެއްގެ ލޭނެއް ބަންދުކޮށްގެން ބޯށިމާ ހިނގުން އަދި ހައިވޭގެ ސަބްސްޓޭޝަންގެ ފައުންޑޭޝަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ސޯލާ ޕެނަލް މަސައްކަތް ކުރުމަށް ބަންދުކުރަން ނިންމާފައިވާ ނޭލުތައް
  • އެ މަސައްކަތް ކުރާނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5އަށް

އެނގުން މުހިންމު - ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ތައިލޭންޑުގެ އެންސިސް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ-މާލެ ހައިވޭގައި ގާއިމުކުރާ ސޯލާ ނިޒާމުގެ ދަށުން:

  • ދުވާލަކު 5 މެގަވޮޓުގެ ސޯލާ ހަކަތަ އުފައްދާނެ

  • އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ

  • ތެލަށް ކުރާ ހޭދައިން 20 މިލިއަން ރުފިޔާއާ ހަމައަށް ކޮންމެ އަހަރަކު ސަލާމަތް ކުރެވޭނެ

  • މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ސޯލާ ޕެނަލް ހަރުކޮށްގެން ގާއިމުކުރާ ނިޒާމު

  • ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.09 ސެންޓު (1.681ރ.)

އިތުރު އާޓިކަލް

އިތުރު އާޓިކަލް