15 އޮގަސްޓު 2023؛ ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ކެންޑިޑޭޓު ގާސިމް ނަމުގައި ހޮޓެލް ޖެންގައި ބެއްވި ބައްދަލުވުން(ފޮޓޯ/ޖޭޕީ)
ގާސިމްގެ ސުވާލު؛ އާދޭސް ކުރަމުންދާއިރު ވެރިކަން ކޮށްލަން އެއްފަހަރު ނަމަވެސް ފުރުސަތު ނުދެނީ ކީއްވެ؟
ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް ކޮންމެ ފަހަރަކު ރައްޔިތުން ގާތުގައި ގިނަ އާދޭސްތަކެއް ކުރައްވާއިރު، އެ ފުރުސަތު ނުދެނީ ކީއްވެތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމް ސުވާލުކުރައްވައިފި އެވެ. ޓެސްޓުކޮށްލަން އެއް ފަހަރު ނަމަވެސް އެ ފުރުސަތު ދޭން ރައްޔިތުންގެ ކިބައިން އަނެއްކާވެސް އެދިވަޑައިގަތީ ރޭގަ އެވެ.
ވީ ކިިހިނެއް؟ - ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ 'ހައްލަކީ ކެންޑިޑޭޓު ގާސިމް'ގެ ނަމުގައި ހޮޓެލް ޖެންގައި ގާސިމް ވަނީ އެ މީހުންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ކުޅިވަރު ދާއިރާގައި ހުރި ޝަކުވާތައް އަޑުއައްސަވައި، ސުވާލުތަކަށް ގާސިމް ޖަވާބު ވެސް ދެއްވި އެވެ.
ތަފްސީލް - ގާސިމް ވިދާޅުވީ ކޮންމެ ފަހަރަކު ރިޔާސީ ރޭހަށް ނުކުމެ އެތައް 'އަނގައެއް ތަޅާއިރު'، ޓެސްޓުކޮށްލަން ނަމަވެސް އޭނާއަށް ފުރުސަތެއް ދިނުން ރަނގަޅުވާނެ ކަމަށެވެ.
"ތިބޭފުޅުން ޓެސްޓުކޮށްލަން ވެސް އެންމެ ރަނގަޅު ނޫންތޯއޭ އަޅުގަނޑު މި އަނގަ ތަޅަމުންދާއިރު. ކޮންމެ ފަހަރަކު ވެސް ކުރިމަތިލިމުގެ ޗާންސު އޮވެ، އެ ފުރުސަތު ދެއްވާތޯ އާދޭސް ދަންނަވަމުން ދާއިރު، ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ؟" ކޮންމެ ސަރުކާރެއް ވެސް ގެންނަން އެހީތެރިވެދެއްވަނީ އޭނާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ރޭހަަށް ނުކުންނަވަނީ، އަމިއްލައަށް ކާންބޯން ނުލިބިގެން ނޫން ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ނުކުމެ ހުންނެވީ ކޮންމެ މީހަކީ އޭނާ ފަދަ ތަނަވަސް މީހަކަށް ހަދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
ވެރިކަމުގެ ފުރުސަތު ދިނަސް ދައުލަތުގެ ބޮޑު ލާރިއެއްގައި ވެސް ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ހެއްކަކީ މީގެ ކުރިން ދައުލަތުގެ އިސް އެތައް މަގާމުތަކެއް ފުރުއްވިއިރު އެފަދަ ކަމެއް ކުރައްވާފައި ނޯންނާނެތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގައި އޭރު ފުރުއްވީ 'އަތުގައި ބޮޑު ލާރި ޖެހޭނެ ފަދަ' މަގާމުތަކެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގާސިމް އަދާކުރެއްވީ؛
-
ފިނޭންސް މިނިސްޓަރުކަން
-
ސެންޓަރަލް ބޭންކު ގަވަރުނަރުކަން
-
ވޯލްޑް ބޭންކަށް ކަނޑައަޅާފައިވާ ގަވަރުނަރުކަން
-
ހޯމް މިނިސްޓަރުކަން
-
ރައްޔިތުންގެ ހާއްސަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން
"އަޅުގަނޑުމެންގެ ބައެއް ރިޔާސީ ކެންޑިޑޭޓުން ވިދާޅުވާހެން އެ ތިޖޫރި މި ތިޖޫރިއަށް ވެގެން ވިލާގެ ތިޖޫރިއަކަށް ނުވޭ ދުވަހަކު ވެސް. ބައި ސެންޓު ވެސް ނޯންނާނެ ވިލާގެ ތިޖޫރިއަށް ވަން ދައުލަތުގެ ފައިސާއިން ދުވަހަކު ވެސް. އެކަމަކު އަޅުގަނޑަށް ފެންނަނީ އެހެން އެ ވިދާޅުވާ ބޭފުޅުން އެ ތިޖޫރިއަށް ވަދެގެން އަންނަތަން،" ހިނިފުޅުވަޑުވަމުން ސަމާސާ ރާގެއްގައި ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް ކޮންމެ ފަހަރަކު ރައްޔިތުން ގާތުގައި ގިނަ އާދޭސްތަކެއް ކުރައްވާއިރު، އެ ފުރުސަތު ނުދެނީ ކީއްވެތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމް ސުވާލުކުރައްވައިފި އެވެ. ޓެސްޓުކޮށްލަން އެއް ފަހަރު ނަމަވެސް އެ ފުރުސަތު ދޭން… pic.twitter.com/kiuLFHbev2
— Dhauru (@Dhaurunews) August 16, 2023
އޭނާ ދެން ވެސް ފާހަގަކުރެއްވީ މީގެ ކުރިން ވެރިކަމަށް އައި ވެރިން ރައްޔިތުންނާއި، ދައުލަތުގެ ފައިސާއަށް ވާ ހިޔާނާތުގެ ވާހަކަ އެވެ. އަދި ރައްޔިތުންގެ ބޭނުންތައް ނުފުއްދާ ވާހަކަ އެވެ. އެހެންކަމުން ޓެސްޓެއް ކޮށްލުމަށް ނަމަވެސް މިފަހަރު އޭނާއަށް ފުރުސަތު ދޭން ގާސިމް އެދިވަޑައިގަތެވެ.
ފާހަގަކޮށްލެވޭ ކަމެއް - ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފަ އެވެ. އެ އިންތިހާބުތަކުން ނާކާބިޔާބުވެވަޑައިގެންނެވި ނަމަވެސް، 2008، 2013 އަދި 2018ގައި ވެރިކަމަށް އައި ރައީސުންނަށް އިންތިހާބު ކާމިޔާބުކުރެއްވުނީ ޖޭޕީ ހިމެނޭ ގޮތަށް ހެދި ކޯލިޝަނެއްގެ ތެރެއިންނެވެ.
ކޮމެންޓް (4)
ހަސަން
އަބްދުﷲ ފަތުހީ
އައިންތު
ތެފައާސާ.