ރާއްޖެއަށް 103 ފަހަރު އައި މީހާއާ އެކު މިނިސްޓަރާއި ސިނާއަތުގެ އިސް ބޭފުޅުން. (ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ)
ރާއްޖެއަށް 103 ފަހަރު އައި ފަތުރުވެރިއަކަށް ހާއްސަ މަރުހަބާއެއް
ރާއްޖެއަށް 103 ފަހަރު ޒިޔާރާތްކުރި ފަތުރުވެރިއަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖަޕާނަށް ނިސްބަތްވާ ނައިޓޯ ޓަކާޝީ 103 ވަނަ ފަހަރަށް ރާއްޖެ އައީ އިއްޔެ އެވެ. އޭނާ އައީ ސަފާރީ ބްލޫ، ފަން އަޒުލް ފްލީޓްގައި ޗުއްޓީ ހޭދަކުރުމަށެވެ.
އޭނާއަށް މަރުހަބާ ކިޔާފައިވަނީ، އެ ސަފާރީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ އިތުރުން އެ ސިނާއަތުގެ އިސް ބޭފުޅުންނެވެ.
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ޓަކާޝީ ވަނީ މިދިޔަ 24 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 3-5 ފަހަރު ރާއްޖެ ޒިޔާރާތްކޮށްފައި ކަމަށެވެ.
On 13th Aug. Minister @Mausoom_Maus met & congratulated the #103rd time repeater tourist to #Maldives Mr. Naito Takashi from #Japan at a function aboard safari vessel Blue (Fun Azul Fleet). Takashi San has been visiting Maldives 3 to 5 times each year for the last 24 years. pic.twitter.com/p5jGLy7JPV
— Ministry of Tourism (@MoTmv) August 14, 2023
އެނގުން މުހިންމު - ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 7އާ ހަމައަށް މި އަހަރުގެ ތެރޭގައި 1.11 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ތިން ގައުމަކީ:
-
ރަޝިއާ - 131،987 ފަތުރުވެރިން
-
އިންޑިއާ - 124،802 ފަތުރުވެރިން
-
ޗައިނާ - 100،105 ފަތުރުވެރިން