ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ނެރޭ މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިޔާތުގައި ގާސިމް ރޭ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

65 އަހަރުން މަތީގެ 100 މީހުން ކޮންމެ އަހަރަކު ހިލޭ ހައްޖަށް ފޮނުވާނަން: ގާސިމް

ހުޅުލެ އާއި އުތުރާއި ދެކުނުގައި އިސްލާމިކް ސެންޓަރު ގާއިމުުކުރުމުގެ ވައުދެއް ވެސް ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ

ކޮންމެ އަހަރަކު އުމުރުން 65 އަަަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމުގެ ވައުދެއް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ވީ ކިހިނެއް؟ އަންނަ މަހު 9 ގައި ބާއްވާ އިންތިހާބުގެ ކެމްޕެއިންގައި ރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިޔާތެއްގައި ނެރުނު މެނިފެސްޓޯގައި މައިގަނޑު 15 ސިޔާސަތެއްގެ މައްޗަށް ގިނަ ވައުދުތަކެއް ހިމަނާފައިވެ އެވެ. 

ތަފްސީލް - އުމުރުން 65 އަހަރުން މަތީގެ 100 މީހުން ކޮންމެ އަހަރަކު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމުގެ ވައުދު ހިމަނާފައިވަނީ، ދީނާއި މިނިވަންކަން ހިމާޔަތްކުރުމާއި، ހާރިޖީ ގުޅުންތައް ބަދަހިކުރުމުގެ ސިޔާސަތުގެ ތެރޭގަ އެވެ.

މީގެ ތެރޭގައި ހިމެނޭ އިތުރު ވައުދުތަކަކީ:

  • އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުން

  • އަހަރުގެ ތެރޭގައި ގުރުއާން ތަފްސީރު ދިވެހި ބަހުން ޝާއިއުކުރުން

  • ހުޅުލެ އާއި އުތުރާއި ދެކުނުގައި އިސްލާމިކް ސެންޓަރު ގާއިމުުކުރުން

  • ގުރުއާން ހިތުދަސްކުރާ ގައިދީންނަށް އަދަބު ލުއިކޮށް މައާފުކުރުމުގެ އުސޫލެއް ގާއިމުކުރުން

  • ހާއްސަ އިސްލާމިކް ލައިބްރަރީއެއް ގާއިމުކުރުން

  • ފަތުވާ މަޖިލީހުގެ ދައުރު ހަރުދަނާ ކުރުން

  • ފަތުވާ މަޖިލީހަކީ އެ މަޖިލީހުގެ ލަފައަށް ސަރުކާރުގެ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތް ހެދުން

  • ހާފިޒުންނަށް ދޭ އެލަވަންސް 3000ރ އަށް ބޮޑުކުރުން

  • ދަސްވެނިވުމުގެ ކުރުން އިސްލާމީ އަހުލާގިއްޔާތު މޮޑިއުލް އަށް ކިޔަވާ ގޮތަށް ހަމަޖެެއްސުން

  • ޝަރުއީ ލަފާދޭ ކޮމިޓީއެެއް އުފެެއްދުން

ޖޭޕީގެ މެނިފެސްޓޯގައި ވާގޮތުން، ޕާޓީގެ މައިގަނޑު މަގުސަދުތަކަކީ، ރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، ފުރިހަމަ މިނިވަންކަން ލިބިގެންވާ، އަމިއްލަ ވެރިކަންކުރާ، ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމެވެ.

ގުޅުންހުރި - ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ތަރުތީބުކޮށްފައިވާއިރު ގާސިމްގެ ކެންޑިޑޭޓު ނަންބަރަކީ 5 އެވެ. 

ކެންޑިޑޭޓް ނަންބަރުތައް ތަރުތީބުން:

  • 1-

    އުމަރު ނަސީރު (އަމިއްލަ)

  • 2-

    ހަސަން ޒަމީލް (އަމިއްލަ)

  • 3-

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ)

  • 4-

    ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)

  • 5-

    ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)

  • 6-

    އަހްމަދު ފާރިސް މައުމޫން (އަމިއްލަ)

  • 7-

    އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)

  • 8-

    މުހައްމަދު ނާޒިމް (އެމްއެންޕީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް