ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ހުށަހަޅާ މެނިފެސްޓޯ އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'ހާސްކަނޑާލައި ހަމަޖެހުމަށް' 9 ވައުދެއް ހިމެނޭ ގާސިމްްގެ މެނިފެސްޓޯ އާންމުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ މެނިފެސްޓޯ، ނުވަ ވައުދަކާ އެކު، 'ހާސްކަނޑާލާ، ހަމަޖެހޭނެ'ގެ ނަމުގައި ރޭ އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ ޖޭޕީގެ މެނިފެސްޓޯ ލޯންޗުކުރީ ރޭ 9 ޖެހިއިރު، އެ ޕާޓީގެ މައި ހަރުގެ ހުންނަ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގަ އެވެ. މި ޖަލްސާގައި މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ ގާސިމް އެވެ.
ތަފްސީލް - މި މެނިފެސްޓޯގައި މައިގަނޑު 15 އަސާސެއްގެ މައްޗަށް، ނުވަ ވައުދެއް ހިމަނާފައިވެ އެވެ. ނަމަވެސް، މި މެނިފެސްޓޯއަށް ހިޔާލު ހުށަހެޅޭނެ ކަމަށާއި އެ ހިޔާލުތަކާ އެކު މެނިފެސްޓޯއަށް ބަދަލުގެނެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ދީނާއި މިނިވަންކަން ހިމާޔަތްކުރުން
-
އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުން
-
އަހަރެއްގެ ތެރޭގައި ގުރުއާން ތަފްސީރު ދިވެހި ބަހުން ޝާއިއުކުރުން
-
ހުޅުލެ އާއި އުތުރާއި ދެކުނުގައި އިސްލާމިކް ސެންޓަރު ގާއިމުުކުރުން
-
65 އަހަރުގެ 100 މީހުން ކޮންމެ އަހަރަކު ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެއްދިއުން
-
ގުރުއާން ހިތުދަސްކުރާ ގައިދީންނަށް އަދަބު ލުއިކޮށްދީ، މައާފު ދިނުމުގެ އުސޫލެއް ގާއިމުކުރުން
-
ހާއްސަ އިސްލާމިކް ލައިބްރަރީއެއް ގާއިމުކުރުން
-
ފަތުވާ މަޖިލީހުގެ ދައުރު ހަރުދަނާ ކުރުން؛ އެ މަޖިލީހުގެ ލަފައަށް ސަރުކާރުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ ގޮތް ހެދުން
-
ގުރުއާން ހިތުދަސް ކުރާ މީހުންނަށް ދޭ އެލަވަންސް 3000ރ.އަށް ބޮޑުކުރުން
-
ދަސްވެނިވުމުގެ ކުރިން އިސްލާމީ އަހްލާގިއްޔަތު މޮޑިއުލްއަށް ކިޔަވާ ގޮތަށް ހަމަޖެެއްސުން
-
ޝަރުއީ ލަފާ ދޭ ކޮމިޓީއެެއް އުފެެއްދުން
ހާރިޖީ ގުޅުންތަކުގެ ބަދަހިކަން
-
ބޭރުގެ އެއްވެސް އަސްކަރީ ބޭހެއް ރާއްޖޭގައި ގާއިމުކުރަން ފުރުސަތު ނުދިނުން
-
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމަށް، ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުން "ގެއްލުނު" ބައި ހޯދަން ސަރުކާރުގެ ފުރަތަމަ ދުވަހު މަސައްކަތް ފެށުން
-
ގައުމީ ޖާސޫސީ އިދާރާއެއް ގާއިމުކުރުން
-
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން
-
ޖާސޫސީ ކަންކަމާ ބެހޭ ގާނޫނެއް ހެދުން
އަދުލުއިންސާފާއި ރައްކާތެރިކަން
-
ރާއްޖެއަށް ޑްރަގް އެތެރެކުރާ ނެޓުވޯކްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުން
-
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، ވަޒީފާގެ ފުރުސަތު ހޯދައިދިނުން
-
ޖުޑީޝިއަލް ކޯޓް ކޮމްޕްލެކްސްއެއް ގާއިމުކުރުން
-
ޝަރުއީ ދާއިރާއަށް ހާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
-
ކުށްކުރާ ކުދިން އިސްލާހުކުރަން ތިން މަރުކަޒެއް ގާއިމުކުރުން
-
ގައިދީންނަށް އާމްދަނީ ލިބޭ ގޮތް ފަހިކޮށްދިނުން
ދަރަނިން ނެއްޓި، އިގްތިސޯދީ ދުވެލި މެކުހަށް
-
ޝަރުތު ހަމަވާ އެންމެންނަށް ވަޒީފާ ހޯދައިދީ، ވަޒީފާ ނެތް މީހުންގެ ރޭޓް %0އަށް ގެންދިއުން
-
ގައުމުގެ އުފެއްދުންތެރިކަމުގެ މިންވަރު %10ގައި ހިފެހެއްޓުން
-
އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު 18،000 ޑޮލަރުން 27،000 ޑޮލަރަށް މަތިކުރުން
-
ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ 8 ބިލިއަން ޑޮލަރަށް މަތިކުރުން
-
ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވް 1 ބިލިއަން ޑޮލަރަށް މަތިކުރުން
-
ފަސް އަހަރުގެ ތެރޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް 15 ބިލިއަން ޑޮލަަރަށް މަތިކުރުން
-
މުދަލާއި ހިދުމަތުގެ އަގު ބޮޑުވާ ނިސްބަތް ނުވަތަ އިންފްލޭޝަން %2ގައި ހިފެހެއްޓުން
-
ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %90އަށް ތިރިކުރުން
-
ފަގީރުކަމުގެ މިންގަނޑު ކަނޑައަޅައި ފަގީރުންނަށް 3،000ރ.ގެ ސީދާ އެހީ ދިނުން
-
މާލީ ދާއިރާގެ ވިޔަފާރި ޒަމާނީކުރުން
-
ދަތުރުފަތުރުގެ ވިއުގަ ޒަމާނީކުރުން
-
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކުރުން
ތަރައްގީގެ ފޮނި މީރުކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް
-
އިގްތިސޯދާއި އިޖްތިމާއީ ތަރައްގީގެ ހަތް ސަރަހައްދު ގާއިމުކުރުން
-
އިގްތިސޯދީ، އިޖުތިމާއީ އަދި އުމްރާނީ ކުރިއެރުން ހޯދުމަށް ކުރެވޭ އެންމެހާ ކަންކަމަކީ ތިމާވެއްޓާއި ރައްޓެހި މަސައްކަތްތަކަކަށް ހެދުން
-
ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރޭތަކެތީގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކާ ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުން
ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ އާއިލާތަކުގެ ޖީބަށް
-
ދަނޑުވެރިކަމުގެ ސިނާއަތުން ފުރިހަމަ މަންފާ ލިބޭނޭހެން، ބޭނުންވާނެ އާލާތްތަކާއި ވަސީލަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ، އުފެއްދުންތަކަށް އެކަށޭނަ ނަފާ ލިބޭނެ، ދެމެހެއްޓެނިވި ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުން
-
ދިވެހި ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކުގެ މުއްސަނދިކަމުގެ ހަޒާނާ އިން ދިވެހިންނަށް ހަމަހަމަކަމާ އެކު ނަފާވާނެހެން، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެންމެ ފުރިހަމަ މަންފާއެއް ހޯދައިދިނުން
-
ގެސްޓްހައުސް ވިޔަފާރި ފުޅާކުރުން
-
ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރުން؛ މީގެ ތެރޭގައި، 500 ސްމޯލް ބިޒްނަސް ލީޑަރުން އުފައްދައި 100 މިލިއަނަރުން އުފެއްދުން ހިމެނޭ
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗްކުރައްވައިފި. މެނިފެސްޓޯ ލޯންޗްކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް.
— JP Secretariat (@JPSecretariat) August 9, 2023
އޮނަރަބަލް ޤާސިމް އިބްރާހީމް، ތަހުޒީބު މަންޒިލަކަށް ދިވެހިރާއްޖެ ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވަރުގެ މުހިންމު ވައުދުތައް… pic.twitter.com/x3eHaca05Z
ބޯހިޔާވަހިކަމާއި ސްމާޓު ރާއްޖެ
-
30،000 ހައުސިން ޔުނިޓު އަޅައި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
-
މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އަޅައި ނިންމުން
-
ކައިވެންޏަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން 18،000 ހައުސިން ޔުނިޓް އެޅުން
-
ހިޔާ ފްލެޓުތަކުގެ އިތުރަށް، ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ ކުލި ވެސް މައާފް ކޮށްދިނުން
-
ފުލުހުންނާއި ސިފައިންނަށް އިތުރު 1000 ހައުސިން ޔުނިޓް ތިން އަހަރުގެ ތެރޭގައި ހަވާލުކުރުން
-
އިންޓަނެޓު އަސާސީ ހިދުމަތަކަށް ހަދައި ކޮންމެ ގޭބިސީއަކަށް ދަށްވެގެން 25 އެމްބީޕީއެސް ލިބޭ ގޮތް ހެދުން
ސިއްހީ ފަރުވާ އާއި އޯގާތެރިކަން
-
އާސަންދައިގެ ތެރޭގައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ހުރުމާއި ކެއުން ފަދަ ހަރަދުތައް ހިމެނުން
-
ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުން
-
ތެލެސީމިއާ ކުދިންނަށް ހާއްސަ އިނާޔަތެއް ހަމަޖެއްސުން
-
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވެންސް ބޮޑުކުރުން؛ އެ މީހުންނަށް ވަޒީފާ ހަމަޖެއްސުމަށް ހާއްސަ ޔުނިޓެއް ގާއިމުކުރުން
ފެންވަރު ރަނގަޅު ތައުލީމުގެ ހިތްހަމަޖެހުން
-
ތައުލީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ލޯބި ކުރާ، ގައުމުގެ ދެކެ ލޯބިވުމުގެ ރޫހު އަށަގެންފައިވާ، ގައުމިއްޔަތާއި ތަރިކަ އާއި ސަގާފަތަށް ރައްކާތެރިވާ، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ، ހަމަހަމަ އުނގެނުމުގެ ފުރުސަތު ފަހިވެފައިވާ، ފަހުރުވެރި ދަރިން ބިނާކުރުން
-
ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ މައްސަލައަށް ހައްލު ގެނައުން
-
ޖާގަ ހުރި ސްކޫލުތަކުގައި ޑޭކެއާ ތައާރަފްކުރުން
-
އަމިއްލަ ފަރާތްތަކަށް ސްކޫލުތައް ހިންގުމުގެ ފުރުސަތު ދިނުން
JP Manifesto jalsa https://t.co/0e5aeYBDPG
— JP Secretariat (@JPSecretariat) August 9, 2023
އަންހެނުންނާއި ޒުވާނުންނާއި އިސްރަށްވެހިންގެ އުފާވެރިކަން
-
ސިޔާސީ މަގާމުތަކަށް އައްޔަންކުރުމުގައި ޖިންސުގެ ތަފާތުކަން ނައްތާލުން
-
އެކަނިވެރި މައިންނަށް ހާއްސަ ކޯޓާއެއްގެ ދަށުން ގެދޮރުވެރިކަން ފަހިކޮށްދިނުން
-
މެޓާނިޓީ ލީވްގެ ހަ މަސްދުވަހަށް ފަހު، އޮފީހާއި ގޭގައި މަސައްކަތް ކުރެވޭ ގޮތަށް އިތުރު ހަ މަސްދުވަސް ދިނުން
-
އުފަންވާ ކޮންމެ ކުއްޖަކަށް 5000ރ.ގެ މާލީ އެހީއެއް ދިނުން
-
ޒުވާނުންނަށް ހާއްސަ 'އިންޓަނޭޝަނަލް ފިލްމް އައިލެންޑް'އެއް ހެދުން
-
ރަސްމީ ހުރިހާ އެސޯޝިއޭޝަނަކަށް ބިން މިލްކުކޮށްދީ، އެ ޖަމިއްޔާތަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުން
-
ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
ކޮމެންޓް (1)
ސަނައްޓޭ