ޑިމޮކްރެޓްސް އިން ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޑިމޮކްރެޓްސް)
ނަޝީދު ހަރު އަޑުން ގޮވާލެއްވީ ޔާމީން މިނިވަންކުރުމަށް
ފުވައްމުލަކުން - ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް، ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ އިލްޔާސް ލަބީބުއަށް ކެމްޕެއިން ކުރުމަށް ޑިމޮކްރެޓްސްގެ ޓީމު އަންނަނީ ފުވައްމުލަކުގައި ހަރަކާތްތެރިވަމުންނެވެ.
އެ ހަރަކާތްތަކުގެ ތެރެއިން މިރޭ މި ރަށުގެ މައިލޯ ސްޓޭޑިއަމުގައި ވަނީ ޕީޕީއެމް އާއި ޑިމޮކްރެޓްސް ގުޅިގެން ފޯރިގަދަ ޖަލްސާއެއް ބާއްވާފަ އެވެ.
ތަފްސީލް - އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވަނީ އަޑަށް ބާރުލައްވައި، ޔާމީން މިނިވަންކުރުމަށް، ސަޕޯޓަރުންނާ އެކު ގޮވާލައްވައިފަ އެވެ.
"ރައީސް ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން،" ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީން، ދޫކޮށްލާ، ރައީސް ޔާމީން، ދޫކޮށްލާ، ރައީސް ޔާމީން، ދޫކޮށްލާ،" ނަޝީދާއި ސަޕޯޓަރުން އެކުގައި ފޯރީގައި ގޮވި އެވެ.
ކާކުތޯ ހީކުރީ މިދުވަސް އައިސްދާނޭ! pic.twitter.com/TL8P3Gdm1Q
— Midhuam Saud(米渡)🇲🇻 (@midh_am) August 8, 2023
އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން. ތި ބޭފުޅުންނާ އެކުގައި މަގުމަތީގައި ވެސް ތިބޭނަން. ބައިނަލްއަގުވާމީ ފަރާތްތަކާ އެކުގައި ވާހަކަ ދައްކަން ވެސް ދާނަން. އެކިއެކި ބައިނަލްއަގުވާމީ ވަކީލުން ދިވެހިރާއްޖެއަށް ވަޑައިގެން ވަކާލާތު ވެސް [ޔާމީންގެ މައްސަލައިގައި] ކުރައްވާނެ. ރައީސް ޔާމީން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން.
އެއާއެކު ނަޝީދު ވިދާޅުވީ ޔާމީން މިނިވަންކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން. ތި ބޭފުޅުންނާ އެކުގައި މަގުމަތީގައި ވެސް ތިބޭނަން. ބައިނަލްއަގުވާމީ ފަރާތްތަކާ އެކުގައި ވާހަކަ ދައްކަން ވެސް ދާނަން. އެކިއެކި ބައިނަލްއަގުވާމީ ވަކީލުން ދިވެހިރާއްޖެއަށް ވަޑައިގެން ވަކާލާތު ވެސް [ޔާމީންގެ މައްސަލައިގައި] ކުރައްވާނެ. ރައީސް ޔާމީން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި އޮންނަވަން ޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ، އެމްއެމްޕީއާރްސީގެ ވައްކަމުގައި 270 މީހުން އެބަ ހިމެނޭ. އެހެން ނަމަވެސް އޭގެ ތެރެއިން އެކަމުގައި އެ ކިޔުއްވާ އެންމެ ބޭފުޅަކު [ޔާމީން] ގެންގޮސް ހިފާ ހައްޔަރުކޮށް ފަސް އަހަރު ވީމާ، ދެން އެއީ އިންސާފުގެ ގޮތުގައި އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް، ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި.
— Dhauru (@Dhaurunews) August 8, 2023
އިތުރަށް ކިޔާލަން: https://t.co/8upIPAjKz9 pic.twitter.com/3Q0ICGzwaS
އެމަނިކުފާނު ޖަލުގައި ދުވަސްތައް ހޭދަކުރެއްވި މާޒީގެ ހަނދާންތައް އާ ކުރައްވަމުން ނަޝީދު ވިދާޅުވީ މީހުން ޖަލުން ނެރޭނެ ގޮތް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެމްޑީޕީގައި އެމަނިކުފާނު އުޅުއްވި އިރު ފައްކާ ކޮށްފައި ހުރި ނިޒާމެއް ކަމަށެވެ.
އެއާއެކު ނަޝީދު އެމަނިކުފާނުގެ "އެކުވެރި ޕީޕީއެމްގެ މެމްބަރުންނަށް" ދެއްވީ ޔާމީން މާ ގިނަ ދުވަހަކު ޖަލުގައިި ނުހުންނަވާނެ ކަމުގެ ޔަގީންކަމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔުން އަމާޒުކުރައްވައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެރިިކަމަށް ގެނައީ އެމަނިކުފާނު ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށެވެ. ދެން، ހަރު އަޑުން ވިދާޅުވީ ރައީސް ސޯލިހު ވެރިކަމުން ބާލާނީ ވެސް އެމަނިކުފާނު ކަމަށެވެ.
"އަޅުގަނޑު، އަޅުގަނޑުގެ ކުރީގެ ރަހުމަތްތެރިޔާއަށް ދަންނަވާނީ ގޯހުންނޭ މިދިޔަ ފަސް އަހަރު ވެސް އުޅުއްވެވުނީ، އަވަހަށް ސަލާމަތްވެ ގެއަށް ވަޑައިގަންވާށޭ،" ސަޕޯޓަރުންގެ ހަޅޭކާ އެކު ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް (1)
ޙުސައިން