އިއްޔެ އުދަ އަރައި ހައިވޭގައި ފެން ބޮޑުވެފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އުދައެރުން

3 އިން ފެށިގެން ބްރިޖާއި ހައިވޭއިން ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ

މިއަދު މެންދުރު ފަހު 2 އިން މިރޭ 7އާ ހަމައަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ އެލާޓު ނެރެފައި

މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށްފައިިވާތީ، ރާޅު ބޮޑުވާ ވަގުތު މާލެ އާއި ހުޅުމާލެއާ ދެމެދު އެއްގަމު ދަތުރު ކުރުމުގައި ސަމާލުވުމަށާއި ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ދަތުރުތައް ނޫނީ އެ ވަގުތުތަކުގައި ނުކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިޔަވަރު ބޮޑުވާ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މިއަދު މެންދުރު 2 އިން މިރޭ 7އާ ހަމައަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން އެލާޓު ނެރެފައި ވާއިރު، ފުލުހުން ބުނީ މިއަދު މެންދުރު ފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި ޒަރޫރީ ދަތުުރު ނޫނީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފާހަގަ ކުރެވޭ ކަމެއް - އިއްޔެ ވެސް ރާޅު ބޮޑުވި ވަގުތު ހައިވޭ އަށާއި ބްރިިޖަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އުދައިގެ ރާޅެއްގައި އެ ވަގުތު ބްރިޖުން ދުއްވާފައި ދިޔަ ސައިކަލުތަކެއް ވެސް ޖެހި، މީހުންނަށާއި އުޅަނދުތަކަށް ގެއްލުން ލިބުނެވެ.

ތަފްސީލް - ފުލުހުން ބުނީ، މިއަދު މެންދުރު ފަހު 3 އިން ފެށިގެން ބްރިޖުން ދަތުރުކުރާ ނަމަ، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

  • މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެއާ ދެމެދު ޒަރޫރީ ދަތުރުތައް ކުރަން އާންމު ދަތުރުފަތުރު (ފެރީ ނުވަތަ ބަސް) ބޭނުން ކުރަން ވެސް ފުލުހުން އިލްތިމާސް ކުރޭ

  • ދިމާވާ ހާލަތެއްގެ ސަބަބުން، އާންމުންނަށް އެހީތެރިވެދީ، ޓްރެފިކް ޑައިވާޓް ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރުމަށް ފުލުހުން ހަރަކާތްތެރިވާނެ

މެޓުން ލަފާކުރާ ގޮތުގައި ދިޔަވަރު ބޮދުވާ ވަގުތު ރަޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓާ ދެމެދުގަ އެވެ.

އުދައިގެ ސަބަބުން މުދަލަށާއި ގެދޮރަށް ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް:

  • އުދައިގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ރައްކާތެރިވުން

  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން؛ ވެލި ބަސްތާ ފަދަ ތަކެތި ޖެހުން

  • ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ލިބިދާނެ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލު ކުރުން؛ އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެން ނުޖެހޭ ފަދަ ތަނަކަށް ބަދަލު ކުރުން

  • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން

  • ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އައްސާފައި ބެހެއްޓުން

  • ބްރިޖުން ދަތުރުކުރާ މީހުން، ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދަތުރުކުރާއިރު ސަމާލުވުން

  • ކުރިމަތިވެދާނެ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް