ގާސިމްގެ އެކުވެރި އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމާ ގުޅިގެން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ނޫސްވެރިންގެ ބައްދަލުވުމެއް ތެރެއިން --- ދައުރު ފޮޓޯ/ ހުސެއިން ސުނޭން

ގާސިމް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ގައުމު ހިންގަން ބޭނުންވާ "އޮކްސިޖަން" ދިނުމަށް

ގާސިމް ވަނީ ޖުމްހޫރީ ޕާޓީ އިން ތާއީދު ކޮށްގެން ނެރުނު ހުރިހާ ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައި

ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ކަންތައްތައް ނަގަހައްޓައި ދެމެހެއްޓުމަށް "އޮކްސިޖަން" ބޭނުންވާ ކަމަށް ވިދާޅުވެ، އެ "އޮކްސިޖަން" ދިނުމުގެ ފުރުސަތު އޭނާއަށް ދިނުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ގާސިމްގެ އެކުވެރި އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް މިއަދު ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ގޮވާލެއްވީ ގަައުމު އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއަރުވައި ނެގެހެއްޓުމަށް ބޭނުންވާ "އޮކްސިޖަން" ލިބޭނޭ ގޮތަށް ރައްޔިތުން އަމަލުކޮށް ދެއްވުމަށެވެ. އެގޮތުން ގާސިމް އެދިވަޑައިގެންނެވީ ވަކި މީހަކަށް ޕާޓީއަކަށް ނުބަލާ ގައުމަށް ހިދުމަތް ކުރުމުގެ ޓްރެކް ރެކޯޑެއް އޮތް އިހުލާސްތެރި ވެރިއެއް ގައުމަށް ހޮވައި ދިނުމަށެވެ. 

"ގައުމު މިއަދު މި އޮތް ހާލަތުން ސަލާމަތް ކުރުމަށް [އޮކްސިޖަން އެބަ ބޭނުންވޭ]. އެއީ ކޮން ހާލަތެއްތޯ؟ އެއީ ތަރައްގީ އިޖްތިމާއީ ހަމަޖެހުން. ގައުމެއްގެ، މިނިވަންކަން، އިސްތިގުލާލް އަޅުގަނޑުމެންގެ އަތް މަތީގައި އޮވެގެން ސާބިތުކަމާއި ހިޔާނަތްތެރިކަމެއް ނެތި ވެރިކަން ކޮށްދޭނޭ މީހަކު ދިވެހި ދައުލަތުގެ މައްޗަށް މަތިކޮށްގެން. ރައްޔިތުން ހެޔޮ ވިސްނުމާ އެކު އެފަދަ މީހަކު އިންތިހާބުކުރުން،' ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެކުވެރި އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމާ ގުޅިގެން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން --- ދައުުރ ފޮޓޯ/ ހުސޭން ސުނޭން

ގާސިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން ތާއީދު ކޮށްގެން ނެރުނު ހުރިހާ ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި އޭގެ ތަފުސީލުތައް ފަހުން ދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން އަޅުގަނޑުމެން ތާއިދުކޮށްގެން ނެރުނު ހުރިހާ ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތާ މެދު،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމު ބޭނުންވަނީ ފަންނީ މީހުން ކަމަށާއި، ޒުވާނުންނާ ހަމައަށް ގައުމު ވާސިލްކޮށްދެވޭނީ ވެސް ތަސައްރަފު ފުރިފައި ތިބި ބޭފުޅުންގެ ކިބައިން ކަމަށެވެ.

އެނގުން މުހިންމު - ޖޭޕީ އިން ބޭއްވި ބައްދަލުވުމުގައި ގާސިމްގެ ކެންޑިޑެންސީ އާ ބެހޭ ވާހަކަތަކެއް ދައްކަވާފައެއް ނުވެ އެވެ. ނަމަވެސް، ގާސިމްގެ ކެންޑިޑެންސީ ފޯމު މާދަމާ އިލެކްޝަނަށް ހުށަހަޅާނެ ކަމަށް އެ ގާސިމްގެ އަރިސް ބޭފުޅަކު "ދައުުރު"އަށް ޔަގީން ކޮށްދެއްވި އެވެ. 

ގާސިމްގެ އިތުރުން، ޑރ. ޝައުގީ ވެސް ވަނީ ވަރަށް ބޮޑަށް ގާސިމްއަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް