ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަން ތައްޔާރުވަމުން އަންނައިރު، ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން ކޯޓު ދޮށުގައި ކިއޫ ހަދާފައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ލައިވް

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މި ހުކުމް ކުރެއްވީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން
6 އޯގަސްޓު 2023
 
10:42 Aug 6, 2023

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވެއްޖެ.

 
10:41 Aug 6, 2023

ޔާމީންގެ ކުށުގެ ރެކޯޑު ފޯމުތަކަށް ބެލުމުން އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ހުކުމެއް އިއްވާފައިވުމުން އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުއޫދުގެ ރައުޔުގައި ނިންމެވި.

 
10:39 Aug 6, 2023

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ނިންމޭނީ ނިހާއީ ހުކުމެއް އޮތް ނަމަ ކަމަށް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ:

  • ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް ހަމީދު އާއި ފުލުހުންގެ ވަޒީފާއިން ވަކިކުރި އަބްދުﷲ ޖާމިއުގެ ގަޒިއްޔާ އާއި ޔާމީންގެ މި ހާލަތު އަޅައެއް ނުކިޔޭނެ

  • އެ މައްސަލާގައި އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން

  • އެ ދެ މައްސަލައަކީ އެ ފަރާތްތަކުގެ ވަޒީފާއާ ގުޅޭ މައްސަލައެއް؛ އެއީ މުސްތަގުބަލުގައި ލިބިދާނެ މަގާމަކާ ގުޅޭ ހާލަތެއް ނޫން

 
10:33 Aug 6, 2023

ފަނޑިޔާރު ސުއޫދު ރައުޔު އިއްވަވަނީ.
 
10:16 Aug 6, 2023

ޖޫރިމަނާއާ ގުޅޭ ގޮތުން ފަނޑިޔާރު ސުއޫދުގެ ރައުޔަކީ، ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ސާބިތު ދަރަންޏެއް އޮތް ކަމަށް ސާފުކޮށް އެނގެން އޮތުމުން ޝަރުތު ފުރިހަމަ ނުވާ ކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށް. އަދި ހައި ކޯޓުން އެ މައްސަލާގައި ގޮތެއް ނުނިންމާ އޮތުމަކީ އެ ފައިސާ ނުދައްކަންވީ ސަބަބެއް ނޫން ކަމަށް.

 
10:15 Aug 6, 2023

ފަނޑިޔާރު ސުއޫދު: ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ދީފައިވާ ހަ މަސްދުވަސް ހަމަވުމުން މީރާ އިން ޔާމީނަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި، އެ ނޯޓިސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ހަވާލުކޮށްދިނުމަށް އެދި ޔާމީން އިނގިލީގެ ނިޝާން ޖައްސަވައި ސޮއިކުރައްވާފައިވާ ކަމަށް ކަރެކްޝަންސްގެ ރެކޯޑުތަކުން ދައްކާ ކަމަށް އެ އިދާރާ އިން ކޯޓަށް މައުލޫމާތު ދީފައިވޭ.

 
10:10 Aug 6, 2023

 
10:03 Aug 6, 2023

ޝަރީއަތުގެ މަޖިލިސް ފެށުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ކޮންމެ ފަނޑިޔާރަކު ވެސް އެ ފަނޑިޔާރެއްގެ ރައުޔު ވަކިން އިއްވަވާނެ ކަމަށް. ފުރަތަމަަ ރައުޔު އިއްވާނީ ފަނޑިޔާރު ހުސްނުއް ސުއޫދު. އެއަށް ފަހު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހުކުމް އިއްވަވާނެ.

 
09:56 Aug 6, 2023

ޝަރީއަތުގެ މަޖިލިސް ފަށައިފި.

 
09:37 Aug 6, 2023

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްސަލަ ހުށައެޅީ އަމިއްލަ ދެ ފަރާތަކުން. މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަމަށް ބުނެ މައްސަލަ ވެއްދީ ދީނީ އިލްމުވެރިޔާ ހުސެއިން ރަޝީދު އަހުމަދު. ނަޝީދުގެ މައްޗަށް 2001 ގައި އިއްވި ވައްކަމުގެ ހުކުމަކީ ހައްދު ހިމެނޭ މައްސަލައެއް ކަމަށް ބުނެ ވެއްދީ އޭރުގެ ވަރަށް ޒުވާން އެކްޓިވިސްޓެއް ކަމަށްވާ މޫސާ އަންވަރު. ގާނޫނުއަސާސީ ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ސުންނީ މުސްލިމަކަށް ވުމާއި ހައްދު ހިމެނޭ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވުން ހިމެނޭ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ވަގުތީ ސުޕްރީމް ކޯޓުން ނިންމީ ދެ މައްސަލަ ވެސް ސާބިތުނުވާ ކަމަށް.

 
09:34 Aug 6, 2023

ރާއްޖޭގެ އާ ގާނޫނުއަސާސީއަށް މާދަމާ 15 އަހަރު ފުރޭ އިރު، ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށައެޅި ކެންޑިޑޭޓެއްގެ ޝަރުތާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ދިޔަ މިއީ ދެ ވަނަ ފަހަރު. މީގެ ކުރިން ސުޕްރީމް ކޯޓުން އެފަދަ މައްސަލައެއް ބެލީ 2008ގެ އިންތިހާބާ ގުޅިގެން

 
09:32 Aug 6, 2023

 
09:30 Aug 6, 2023

ތިން ކަމަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން އެކަށީގެންވޭ

މިއަދުގެ ޝަރީއަތުގައި ތިން ކަމަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ. އެއީ:

  • 1-

    ޔާމީންގެ ކެންޑިޑެސީ ގަބޫލުކުރެވޭ ގޮތަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. ތަރުޖަމާކުރުން/ނުކުރުން

  • 2-

    ޔާމީންގެ މަނީލޯންޑަރިން މައްސަލަގާއި ކޮށްފައި އޮތް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކީ ދަރަންޏެއްތޯ/ދަރަންޏެއް ނޫންތޯ

  • 3-

    ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ހުށައަޅަން ވަގުތު ދޭން އީސީއަށް އެންގުން/ނޭންގުން

 
09:29 Aug 6, 2023

އިލެކްޝަންސް ކޮމިޝަނާއި ޔާމީންގެ ވަކީލުން ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގެންފައި

 
09:23 Aug 6, 2023

 
09:17 Aug 6, 2023

 
09:10 Aug 6, 2023

ޔާމީން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ގެންދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
 
09:06 Aug 6, 2023

ޝަރީއަތުގެ މަޖިލީހަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން ވައްދައިފި.

 
08:52 Aug 6, 2023

 
08:47 Aug 6, 2023

އިދިކޮޅުގެ އިސް ބޭފުޅުން ވަނީ މިއަދު 8 ހާއިރުން ފެށިގެން ސުޕްރީމް ކޯޓު ދޮށުގައި ކިއޫ ޖެހިފައި.

 ޕީޕީއެމް އިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން މިއަދު ހެނދުނަށް ވަނީ ތާވަލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން އިއުލާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލީސް ބާއްވާނީ މިއަދު ހެނދުނު 10 ޖަހާއިރު އެވެ. އަދި މައްސަލައިގައި ހިމެނޭ ފަރާތްތައް ހުކުމް ކުރުމުގެ މަޖިލީހަށް ހެނދުނު 9:30 ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް