އަލީ ވަހީދާ މިއަދު ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވަނީ

އަޅުގަނޑުގެ ސިޔާސީ ކުރިމަގަށް އަލީ ވަހީދު މުހިންމު: ގާސިމް

ގާސިމް ވިދާޅުވީ ސިޔާސީ މަސައްކަތަށް އަލީ ވަހީދު އެނބުރި ވަޑައިގަތުމުން އުފާ ކުރައްވާ ކަމަށް

ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސިޔާސީ ކުރިމަގަށް ނުހަނު މުހިންމު ދައުރެއް އަދާކުރެއްވޭނެ ބޭފުޅެެއް ކަމަށް ގާސިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތަކަށް ފަހު، ބޭސްފަރުވާއަށް ކަމަށް ބުނެ 2021 ވަަނަ އަހަރު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް، ރާއްޖެ  ވަޑައިގަތީ އެ ދައުވާތައް އަނބުރާ ނެގުމުން 11 ޖުލައިގަ އެވެ.

ރާއްޖެ ވަޑައިގަތީ ސިޔާސީ މީހެއްގެ ގޮތުގައި ނޫން ކަމަށް އަލީ ވަހީދު އެދުވަހު ވިދާޅުވި ނަމަވެސް، ގާސިމްގެ އެޑްވައިޒަރަކަށް އިއްޔެ އޭނާ ވަނީ ހަމަޖައްސާފަ އެވެ. އެޔަށް ފަހު މިއަދު ގާސިމްގެ އިންތިހާބީ އޭޖެންޓަކަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. 

ތަފްސީލް - އެމަންޒަރު ފެންނަ ފޮޓޯތަކާ އެކު، އަލީ ވަހީދަށް ތައުރީފުކުރައްވާ، މިރޭ ގާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސިޔާސީ މުޝީރުކަމާ އެކު، ކެމްޕެއިން އެޖެންޓުކަން ގަބޫލުކޮށް، ސިޔާސީ މަސައްކަތަށް އަލީ ވަހީދު އެނބުރި ވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ.

"ޕާޓީ އާއި، އަދި އަޅުގަނޑުގެ ސިޔާސީ ކުރިމަގަށް އަލީ ވަހީދަކީ ނުހަނު މުހިންމު ދައުރެއް އަދާކުރެއްވޭނޭ ނުހަނު ގާބިލު ބޭފުޅެއް ކަމާ މެދު ޝައްކެތް ނެތެވެ،" ގާސިމްގެ ޓުވީޓުގައި ލިއުއްވި އެވެ. 

ސިޔާސީ ގޮތުން އަލީ ވަހީދުގެ އެންމެ ބޮޑު މަދަދުގާރަކީ ގާސިމު ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ޒުވާން މެމްބަރުގެ ގޮތުގައި 2008ގަައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އިރު ވެސް އަދި އުމުރުން 40 އަހަރު ނުވަނީސް މިނިސްޓަރުކަން ލިބިވަޑައިގަތުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑު ކަމަށް ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި މިނިވަންވެވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ވެސް ގާސިމް އެވެ.

އެނގުން މުހިންމު - ޖޭޕީގެ ރައީސްގެ މަގާމު މީގެ ކުރިން ފުރުއްވި އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްގަައި ދައުވާ އުފުލުމުން ވެސް އެ މަގާމުން އޭނާ ދުރެއް ނުކުރެ އެވެ. އެ މަގާމު އޭނާ އަތުން ގެއްލުނީ، ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ޖޭޕީގެ އަސާސީ ގަވައިދަށް މި ފަހުން ގެނައި އިސްލާހަކާ އެކު އެ މަގާމު އުވާލުމުންނެވެ. 

ކޮމެންޓް (1)

ޚަކިމާ

4 އޯގަސްޓު 2023
ނޮހޮވާނަން މިބުނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް