މިނިވަން އުފާ ކާނިވާ ހުޅުވުމަށް ހަވާ އަރުވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެޗްޑީސީ

މިނިވަން އުފާ ކާނިވާ ނިންމަން މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

ކާނިވާ ނިންމުމަށް މިރޭ 9 ޖަހާއިރު ހަވާ އަރުވާނެ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މިނިވަން އުފާ ކާނިވާ ނިންމާލުމުގެ ގޮތުން މިރޭ ހަވާ އަރުވާނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ކާނިވަލެއް ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ތަފްސީލް -

އާބަންކޯ އިން ބުނީ:

  • ކާނިވާ ނިންމުމަށް މިރޭ 9 ޖަހާއިރު ހަވާ އަރުވާނެ 

  • މިރޭ ކާނިވަލުގައި ފޯރިގަދަ މިއުޒިކް ޝޯއެއް އޮންނާނެ

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކަމުދާނެ ގިނަ ހަރަކާތްތަކާ އެކު ކުރިއަށްގެންދާ މި ކާނިވާ ފެށުމަށް ވެސް ވަނީ ހަވާ އަރުވައިފަ އެވެ. ކާނިވާ ފެށުމަށް ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 8 މިނެޓަށް ހަވާ އެރުވި އެވެ. އެރޭ ޑްރޯން ޝޯއެއް ވެސް އެ ސަރަހައްދުގައި އޮތެވެ.

އާންމުންގެ ބޮޑު ތަރުހީބަކާ އެކު ކުރިއަށްގެންދާ މިނިވަން އުފާ ކާނިވަލް ހުޅުވަނީ ހަވީރު 4 ޖަހާއިރު އެވެ. އިރުއޮއްސި 6 ޖަހަންދެން ހަވީރު ހުޅުވާފައި ހުންނާނެ އެވެ. ރޭގަނޑު ކާނިވާގެ ހަރަކާތްތައް އޮންނާނީ 8 އިން 12 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް