ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީއިން ބޭއްވި ހަފްލާގައި އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސަން ޓްރެވަލްސް

ސިޔާމްގެ ކުންފުނިތަކުގެ ސާވާތަކެއް ހެކުކޮށް ފައިިސާއަށް ޑިމާންޑުކުރަނީ

ސާވާގެ ބެކްއަޕްއަކުން ޑޭޓާ ރީސްޓޯ ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނައިރު، ހެކަރުންގެ އަތުގައި ހުރި ޑޭޓާ ދޫކޮށްލާނީ އެ މީހުން ބުނާ އަދަދަކަށް ފައިސާ ދިނުމުން ކަމަށް އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފައި

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ކަސްޓަމަރުންގެ މުހިންމު މައުލޫމާތު ރައްކާކޮށްފައި ހުރި ސާވާތައް ހެކުކޮށް، ބަދަލުގައި ފައިސާ ހޯދަން ޑިމާންޑު ކުރަމުން ދާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ސަން ސިޔާމް ރިސޯޓްސްގެ އައިޓީ ނެޓުވޯކަކަށް ހެކަރުންގެ ހަމަލާއެއް ކުރިމަތިވިކަން، އެ ކުންފުނިން ހާމަކުރީ މިދިޔަ ހަފްތާާގަ އެވެ.

ތަފްސީލު - އެކަން ހައްލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނައިރު، އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ފަތުރުވެރިންގެ ޒާތީ މައުލޫމާތު ވެސް ހިމެނޭ އެ ސާވާތަކުގައި ހުރި ޑޭޓާތައް ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން، ހެކުކުރި މީހުން ދަނީ ރެންސަމްއަކަށް ނުވަތަ ފައިސާއަށް ޑިމާންޑު ކުރަމުންނެވެ.

ބެކްއަޕްއަކުން ޑޭޓާ ރީސްޓޯ ކުރުމުގެ މަސައްކަތް ކުރި ނަމަވެސް، އޭނާ ބުނީ ހެކްކުރި މީހުން ނެގި މައުލޫމާތު އަނބުރާ ލިބެން އޮތީ، އެ މީހުން ބުނާ އަދަދަކަށް ފައިސާ ދިނުމުން ކަމަށެވެ. ނަމަވެސް، އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އޭނާ ނުބުނެ އެވެ.

ބުނީ ކީކޭ؟ - ސަން ސިޔާމް ރިސޯޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒުލޭހާ މަނިކު މިއަދު 'ދައުރު'އަށް ވިދާޅުވީ ޑޭޓާގެ ބެކްއަޕް އެބަހުރި ކަމަށާއި އެ ޑޭޓާ ރީސްޓޯ ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، ހެކް ކުރި މީހުން ފައިސާއަށް ޑިމާންޑު ކުރަމުންދޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އެނގުން މުހިންމު - ސަން ސިޔާމް ރިސޯޓްސްގެ ސާވާއެއް ހެކްކޮށް، ޑޭޓާ ދޫކުރުމުގެ ބަދަލުގައި ފައިސާއަށް ޑިމާންޑު ކުރަމުން ދާ ކަމުގެ މައުލޫމާތު ލިބިފައި ވާއިރު، ހިލްޓަން އިންޓަނޭޝަނަލް މެނޭޖްމަންޓުން ހިންގަމުން އައި އިރުފުށި ރިސޯޓުގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސަން ޓްރެވަލްސްއިން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) ވަނީ ދައްކަން ޖެހިފަ އެވެ. އެގޮތުން:

  • ހިލްޓަންއަށް ބަދަލު ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ކުރި ހުކުމް ބަލައިގަނެ، އެ ފައިސާ 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން އަމުކުކުރީ 5 ފެބްރުއަރީގައި 

  • ހައި ކޯޓުން ވަނީ އެ އަމުރު ތަންފީޒުކުރުން ފަސްކޮށްފައި

  • އެ ފައިސާ އަދިވެސް ހިލްޓަންއަށް ދައްކާފައި ނުވާއިރު، ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް ނިންމަވާފައި

  • އާބިޓްރޭޝަންއިން ކޮށްފައިވާ ހުކުމާ އެއްގޮތަށް އޭނާ އެ ފައިސާ ދައްކާފައި ނުވާތީ، އެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ކޯޓަށް ލީ މައްސަލައެއްގައި ހާޒިރުވުމަށް ފޮނުވި ޗިޓަކާ ގުޅިގެން ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވުމުން އޭނާ އެ ގައުމުން ފުރުން މަނާކުރި

  • އޭނާއަށް ފުރަން ހުއްދަ ދިނީ އެ ފައިސާ ތިން މަސް ތެރޭގައި ދައްކަވަން އެއްބަސްވެވަޑައިގަތުމުން 

  • ނަމަވެސް، އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ފަހު ސިޔާމް ވަނީ އޭނާއަށް ފުރުން މަނާކުރިކަން ދޮގުކުރައްވާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް