ޕްލޭނިން މިނިސްޓްރީން ތިން ރަށެއްގެ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އެއް ދުވަސް ތެރޭ 5 މަޝްރޫއުގައި ސޮއިކޮށްފި؛ 476 މިލިއަން ރުފިޔާ

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ މަގު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތައް

ޕްލޭނިން މިނިސްޓްރީން ފަސް ރަށެއްގައި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ އެކު ހިންގަން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. 

ވީ ކިހިނެއް؟ - އެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން މިއަދު ޕްލޭނިން މިނިސްޓްރީގައި ވަނީ އެ ކުންފުންޏާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވީ:

  • އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

  • ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު

ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • 1-

    އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުން

  • 2-

    އދ. މަހިބަދޫގެ ބިން ހިއްކުން

  • 3-

    ދ. މާއެނބޫދޫ

  • 4-

    ލ. މާވަށް

  • 5-

    ޏ. ފުވައްމުލަކު އެތެރެ މަގުތަކުގައި ތާރުއެޅުން

ތަފްސީލު - އެ މަޝްރޫއުތަކުގެ އަގާއި ނިންމަން ދިން މުއްދަތުތަކަކީ:

  • އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުން - 28 މިލިއަން ރުފިޔާ (180 ދުވަސް)

  • މަހިބަދޫ ބިން ހިއްކުން - 43.6 މިލިއަން ރުފިޔާ (240 ދުވަސް)

  • މާވަށު ބިން ހިއްކުން - 66.3 މިލިއަން ރުފިޔާ (240 ދުވަސް)

  • މާއެނބޫދޫ ބިން ހިއްކުން - 82.9 މިލިއަން ރުފިޔާ (300 ދުވަސް)

  • ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރުއެޅުން - 255.2 މިލިއަން ރުފިޔާ 730 ދުވަސް

  • ޖުމްލަ އަގު - 476 މިލިއަން ރުފިޔާ

ފަސްމަންޒަރު - ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ފަހަކަށް އައިސް ފުލުފުލުގައި އާ މަޝްރޫއުތައް ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އިއުލާން ކުރަމުންނެވެ. މި އަހަރުގެ ޖެނުއަރީގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދުވަސްވަރު ވެސް މި މަންޒަރު ފެނިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް