ފުލުހުންގެ މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ. (

ފުލުހުން

ހަށިވިއްކުމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށް ފުލުހުން ބުނި

މާލޭގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މަައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން އާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓުމެންޓު އަދި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ތަފްސީލް - އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ބަޔެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ފުލުހުން ބުނި ގޮތުގައި:

  • 34 އަހަރުގެ ބިދޭސީ ދެ އަންހެނުން

  • 43 އަހަރުގެ ބިދޭސީ އަންހެނެއް

  • 38 އަހަރުގެ ދިވެހި ފިރިހެނެއް

  • 39 އަހަރުގެ ދިވެހި ފިރިހެނެއް

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އެގޮތުން:

  • ތިން އަންހެނުންގެ ބަންދަށް 15 ދުވަސް

  • 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް

  • 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް