މިއަދު ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރަނީ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އެމްޓީސީސީ

ހއ. ރަށްތަކެއްގެ މަޝްރޫއުތަކެއް 350 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އަތޮޅުގެ ހަތަރު ރަށުގެ އިތުރުން، އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސޮއިކުރި

ހއ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގަން ނިންމާފައިވާ ޖުމްލަ 350 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިމެނޭ ގޮތަށް، 376 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފަސް ރަށެއްގައި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެނގުން މުހިންމު - ހއ. އަތޮޅުގެ ރަށްތަކެއްގައި ހިންގާ މަޝްރޫއުތަކެއްގައި މިއަދު ސޮއިކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. އަދި ހދ.ގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެ އެވެ.

ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ އެކު ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ ބިން ހިއްކުމާއި ބަނދަރު ހެދުމެވެ.

ތަފްސީލު - އެ މަޝްރޫއުތަކަކީ:

  • ހއ. ދިއްދޫ ބިން ހިއްކުން - 89 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން

  • ހއ. ކެލާ ނެރު ފުން ކުރުމާއި ބޭރު ތޮށިލުން - 26 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރީ ގާތްގަނޑަކަށް އަށް މަސްދުވަހުގެ ތެރޭގައި ނިންމަން

  • ހއ. ތުރާކުނު ބިން ހިއްކުން - 164 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރީ ދެ އަހަރާއި ހަތަރު މަހުން ނިންމަން

  • ހއ. އުލިމަގު ބަނދަރު ބޮޑު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން: 79 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރީ އަހަރަކާއި ހަ މަހުން ނިންމަން

  • އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން - 26 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރީ އަހަރެއްގެ ތެރޭގައި ނިންމަން

މި މަޝްރޫއުތަކުގެ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް