މަތިވެރި ދާއިރާގެ މެމްބަރު ހަޒަން ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ އިބްރާހިމް އަބްދުﷲ (ގައްބަރޭ).

ގޭންގު ކުށްތައް

ެެމެމްބަރު ޒަރީރަށް 'ހަމަލާދިން' އިބްރާހިމް އަބްދުﷲ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގަައްބަރޭ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ކްރިމިނަލް ކޯޓުން އިބްރާހިމް އަބްދުﷲ ދޫކޮށްލަން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުން، އެ އޮފީހުގެ ފަރާތުން މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އެނގުން މުހިންމު - ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިބްރާހީމް އަބްދުﷲ ހައްޔަރުކުރީ އޭނާ ހޯދަން އިއުލާނުކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން މިދިޔަ 23 މެއިގަ އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 30 ދުވަސް ދިނެވެ.

މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲއަށް މި މައްސަލައިގައި ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި

  • މީހަކު މަރާލަން އުޅުުން

ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މިދިޔަ 1 މޭގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް