ފުވައްމުލަކަށް ގެންދިޔަ ހިލަ ބާޖު ފަރަށް އަރާފައި--ފޮޓޯ/ސޯޝަލް މީޑިއާ

ފުވައްމުލައް

ފުވައްމުލަކު ފަރަށް އެރި އެމްއެމް އެކްސްޕޯޓުގެ ބާޖުގެ މައްސަލަ ނުބެލި އުޅެނިކޮށް ފުރައިފި

މައްސަލަ ފުލުހަށް ހުށަހެޅުމަށް ވަނީ ނިންމާފައި

ޏ. ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ހިލަވެލި ހިފައިގެން ގޮސް އުޅެނިކޮށް ފަރަށް އެރި އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖުގެ މައްސަލަ، ކަމާ ބެހޭ ފަރާތްތަކަށް ތަހުގީގު ނުކުރެވި އުޅެނިކޮށް އެ ބާޖު ރާއްޖޭން ފުރައިގެން ހިނގައްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު އެ ބާޖު ފަރަށް އެރީ، ފުވައްމުލަކު ކައުންސިލުން އޭރު ބުނި ގޮތުގައި ހިލަތަކާ އެކު އަރި އަޅާލައިގެންނެވެ. އެއީ އެ މަޝްރޫއު ހިންގާ، އެމްޓީ ހޯގާޑު ކުންފުނިން، މުދާ އެ ސަރަހައްދަށް ވައްދާ ނެރެ ހެދުމަށް ބޭނުންކުރަމުން އަންނަ ބަނދަރަށް ވަންނަ ތަނާ ދިމާލު ފަރެވެ.

މި މައްސަލަ ބަލާނެ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، ޖެހިގެން އައި ދުވަހު ވަނީ ބުނެފަ އެވެ.

ތަފްސީލް - އެކަމަކު މިއަދު އެ އިދާރާއިން ބުނީ މައްސަލަ ތަހުގީގު ނުކުރެވި އުޅެނިކޮށް ބާޖު ފުންކޮށްގެން، ފުރާފައިވާ ކަމަށެވެ.

"އެހެންވެ، އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ މައްސަލަ ފުލުހަށް ހުށަހަޅަން،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މި މަޝްރޫއުގެ ދަށުން ފުވައްމުލަކު އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލަ ޖެހުމަށް ހަމަޖެހިފައިވެ އެވެ

ފަސްމަންޒަރު - ހޯގާޑުން އެ މަޝްރޫއު ހިންގި ނަމަވެސް، އުޅަނދުގައި ހިލަ ގެނައީ އެމްއެމް އެކްސްޕޯޓުންނެވެ. މިއީ އެމްއެމް އެކްސްޕޯޓުގެ އުޅަނދެއް ރާއްޖޭގެ ފަރަކަށް އެރި ފަސް ވަނަ ފަހަރެވެ. ނަަމަވެސް، އެއްވެސް ފަހަރަކު މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޮމެންޓް (1)

މޯދީބްރޯ

10 ޖުލައި 2023
ބްރޯ، ތިއަކަށް ފިޔަވަޅެއް ނޭޅޭނެ. ރާއްޖޭގެ އެންމެ ގިނަ ޕްރޮޖެކްޓް ތަކަކަށް ހިލަވެލި، ގާ، ސިމެންތި ސަޕްލައި ކޮށްދެނީ އެމްއެމް އިން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް