ރައީސް ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. ކޮމަންޑުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)
ސީރިއާގައި ތާށިވެފައި ތިބި ދިވެހިން އޮގަސްޓު ނިމުމުގެ ކުރިން ރާއްޖެ ގެންނާނަން: ރައީސް
ށ. ކޮމަންޑޫ - ސީރިއާގައި ކުރި ދާހިލީ ހަނގުރާމައަށް ގޮސް އެ ގައުމުގައި ތާށިވެފައި ތިބި މީހުން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނޭ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މި އަތޮޅު ކޮމަންޑުއަށް ވަޑައިގެން މި ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ މުހާތަބުކުރައްވައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބުނަމުން ދިޔައީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުން ނޫޅޭނެ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެއީ ރާއްޖޭގައި އޮތް ކަމެއްކަން ގަބޫލުކޮށް، އިސްލާމް ދީނުމުގެ ސައްހަ އަގީދާ އަންގައިދިނުމުގެ މަސައްކަތް ފެށި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތަފްސީލް - މީގެ އިތުރުން، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ހަރުކަށި ފިކުރުމުގެ ކަންކަން ރާއްޖޭގައި އޮތް ހިސާބު ވިދާޅުވެދެއްވި އެވެ. ރައީސް ވިދާޅުވީ:
-
100އަށް ވުރެ ގިނަ ދިވެހިން ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސްފައިވޭ
-
70އަށް ވުރެ ގިނަ މީހުން ސީރިއާގައި މަރުވެއްޖެ ސީރިއާގައި ތާށިވެފައި ތިބި ކުޑަކުދިންނާއި އަންހެނުން ރާއްޖެ ގެނައުމުގެ މަސައްކަތް އެބަ ކުރަން
"އޮގަސްޓް ނިމުމުގެ ކުރިން ސީރިއާގައި ތިބި [ދިވެހި] ކުޑަކުދިންނާއި އަންހެނުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ އާއިލާއެއް މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ ގެނައުމަށް ފަހު ނޭޝަނަލް ރީ-އިންޓެގްރޭޝަން ސެންޓަރުގައި "އިދާރީ ގޮތުން" ބަންދުކޮށްފައިވެ އެވެ. އެއީ އުމުރުން 33 އަހަރުގެ އަންހެނަކާއި އެ މީހާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.
ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް، އަވަސް އަދި ވަށާ ޖެހޭ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އިންސާނީ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމާ ގުޅޭ އދ.ގެ ސްޕެޝަލް ރެޕަޓުއާ ފިއޮނުއެލާ ނީ އައޮލެއިން ވެސް ވަނީ ގޮވާލައްވާފަ އެވެ.
ކޮމެންޓް (1)
އަދީލު