ޖޫން 22، 2023: ބޮޑު އީދު ޗުއްޓިއަށް މާލެއިން މީހުން ރަށްރަށަށް ފުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މޫސުން

ކުރިއަށް އޮތް ދެތިން ދުވަހަށް މޫސުން ގޯސް، ކަނޑުތައް ވެސް ގަދަ، ދަތުރުކުރުމުގަައި ސަމާލުވޭ

އަންގާރަ ދުވަހު ވެސް ވިއްސާރަވާނެ، އެކަމަކު އީދަށް އަލިވާނެ ކަމަށް މެޓުން ލަފާކުރޭ

ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް)އިން މިއަދު އިލްތިމާސްކޮށްފި އެވެ. އެކަމަކު އީދު ދުވަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ވީ ކިހިނެއް؟ އިއްޔެ ބޮޑު ޗުއްޓީއަށް ސްކޫލުތައް ބަންދުކުރުމާ އެކު ގިނަ ބަޔަކު ޗުއްޓީއަށް އެކި ތަންތަނަށް ދިއުމަށް މިހާރު އަންނަނީ ފުރަމުން ނެވެ. އީދު ފެށޭނީ މިމަހުގެ 28 ވާ ބުދަ ދުވަހު އެވެ.

ތަފްސީލް - ބޮޑު އީދު ޗުއްޓީ އިއްޔެ ފެށިފައިވާ އިރު، މި ޗުއްޓީއަށް މޫސުން ލަފާކުރުމާ ގުޅޭގޮތުން "ދައުރު" އަށް މައުލޫމާތު ދެމުން މެޓުން ބުނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނިގޮތުން:

  • ކުރިއަށް އޮތް ދެތިން ދުވަަހަށް މޫސުން ގޯސްވުމާ އެކު ކަނޑުތައް ވެސް ގަދަވާނެ؛ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުން މުހިންމު

  • އަންނަ  އަންގާރަ ދުވަހު ވެސް ވިއްސާރަކޮށް ކަނޑުތައް ގަދަވެދާނެ ކަމަށް ލަފާކުރެވޭ؛ އެކަމަކު ބުދަ ދުވަހު މޫސުން އަލިވާނެ ކަމަށް ބެލެވެނީ

މިއަދުގެ މޫސުން ލަފާކުރާ ގޮތް

މިއަދު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރައި، މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

އެގޮތުން:

  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • އެހެން ހިސާބުތަަކަށް ހުޅަނގާއި ހުޅަނގު އުތުރުން 10 މޭލާއި20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ވިލާގަނޑުގައި ގާތްގަނޑަަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ

  • ރާޅުގެ އުސްމިން އުޅެނީ ދެކުނުގެ އަތޮޅުތަކަށް 2-5 ފޫޓުގައި މެދުރާއްޖެތެރެއަށް 3-6 ފޫޓުގައި

  • ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ

  • ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް