ހދ. މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ޕްލޭނިން މިނިސްޓްރީ)
16 މިލިއަނަށް މަކުނުދޫ ބިން ހިއްކަން ބިގްފިޝް މޯލްޑިވްސް އަށް
16 މިލިއަން ޑޮލަރަށް ހދ. މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މަޝްރޫއުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަހަރުދުވަހުގެ ތެރޭ ނިންމާ ގޮތަށް މި މަސައްކަތް ހަވާލުކުރި ބިގް ފިޝް މޯލްޑިވްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަންނެލީގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.
އެނގުން މުހިއްމު - ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށްޓަކައި އެރަށުގައި ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.