ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް

ރައީސް އޮފީސް

އަބްދުﷲ ޖަމީލު އަވަހާރަވުމުގެ ހިތާމާގައި 3 ދުވަހަށް ދިދަ ބައި ދަނޑިއަށް ތިރިކުރަނީ

ދިދަ ތިރިކުރަން ނިންމާފައިވަނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް

ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އަބްދުﷲ ޖަމީލް އަވަހާރާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގެ، މ. ދޫރެސްގަ އެވެ. އަވަހާރަވި އިރު އުމުރަކީ 87 އަހަރެވެ.

ތަފްސީލް - އެކަމުގެ ހިތާމައިގައި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމާފައިވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، މާދަމާގެ މެންދުރު ފަހު 1 އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1އާ ހަމައަށެވެ.

އެނގުން މުހިންމު - އަބްދުﷲ ޖަމީލަކީ 6 މޭ 1953 އިން ފެށިގެން، 54 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށާއި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޖަމީލް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި:

  • ހެލްތު މިނިސްޓަރުކަން 

  • ޓޫރިޒަމް މިނިސްޓަރުކަން

ކުރީގެ ހައުސިން މިނިސްޓަރު އަދި ހުޅުމާލެ ތަރައްގީގައި އިސް ދައުރެއް އަދާކުރެއްވި މައުރޫފް ޖަމީލްއަކީ އަބްދުﷲ ޖަމީލްގެ ދަރިކަލެކެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްއަކީ އަބްދުﷲ ޖަމީލްގެ ކޮއްކޯފުޅެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް