ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް

މަރު

ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

އަބްދުﷲ ޖަމީލް ވަނީ ޓޫރިޒަމް މިނިސްޓަރު ކަމާއި ހެލްތް މިނިސްޓަރުކަން އަދާކުރައްވާފައި
11 ޖޫން 2023

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - އަބްދުﷲ ޖަމީލް އަވަހާރަވީ މިއަދުގެ ވަގުތެއްގައި މާލޭގައި އޭނާގެ ގޭގައިކަން ވަނީ ކަށަވަރުވެފަ އެވެ. 

އެނގުން މުހިންމު - ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޖަމީލްގެ ދަރިކަލުން އަބްދުﷲ ޖަމީލް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައީ:

  • ހެލްތު މިނިސްޓަރުކަން 

  • ޓޫރިޒަމް މިނިސްޓަރުކަން

ކުރީގެ ހައުސިން މިނިސްޓަރު އަދި ހުޅުމާލެ ތަރައްގީގައި އިސް ދައުރެއް އަދާކުރެއްވި މައުރޫފް ޖަމީލްއަކީ އަބްދުﷲ ޖަމީލްގެ ދަރިކަލެކެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްއަކީ އަބްދުﷲ ޖަމީލްގެ ކޮއްކޯފުޅެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް