ވެލިގާގެ އެފްޕީއެލްގެ މި އަހަރުގެ މުބާރާތުން އެއް ވަނަ ހޯދި ބައިވެރިޔާއަށް ބައި ލައްކަ ރުފިޔާގެ ގިފްޓް ވައުޗާ ހަވާލުކުރަނީ

ވެލިގާ ހާޑްވެއާ

ވެލިގާގެ ފެންޓަސީ ޕްރިމިއަ ލީގުގެ ނަސީބުވެރިންނަށް 1 ލައްކަ ރުފިޔާގެ އިނާމު ހަވާލުކޮށްފި

ލީގުގެ އެއްވަނަ އަށް ދިޔަ އަހުމަދު ހުސެއިންއަށް ބައި ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުނު

ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ވެލިގާ އިން މިދިޔަ ޔޫރަޕްގެ ފުޓުބޯޅަ ސީޒަންގައި ކުރިއަށް ގެންދިޔަ 'ފެންޓަސީ ޕްރިމިއާ ލީގު'ގެ ނަސީބުވެރިންނަށް، އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާގެ ވައުޗާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟- މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މި ފެންޓަސީ މުބާރާތް ކުރިއަށް ގެންދިޔައީ، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މި މުބާރާތުގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

މި މުބާރާތުގެ އެއް ވަނައަށް ދިޔައީ އަހުމަދު ހުސެއިން އެވެ. އިނާމެއްގެ ގޮތުން އޭނާއަށް ވަނީ ބައި ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިފަ އެވެ.

އޭގެ އިތުރުން، ނަސީބުވެރި އިތުރު 10 މީހަކު ހޮވައި އެއިން ކޮންމެ މީހުންނަށް ވަނީ 2,000ރ.ގެ ގިފްޓު ވައުޗަރެއް ދީފަ އެވެ. އެއީ:

  • އަލީ ޝަނީޒު

  • އަޒޭ އަޒްލީން

  • އައިމިނަތު ފަޝްވާ

  • އަހުނަސް އަހުމަދު

  • މުހައްމަދު ޒިދާން

  • ހަސަން އަކްރަމް މުހައްމަދު

  • އަހުމަދު މުއިޒް

  • އިސްމާއިލް އިމްހާލު

  • ޒިދާން މުހައްމަދު

  • ޝިފައްޓޭ

މީގެ އިތުރުން ކޮންމެ މަހެއްގެ ވެސް 'މެނޭޖަ އޮފް ދަ މަންތު' ހޮވައި، 10 މީހަކަށް ވަނީ 3،000 ރުފިޔާގެ ގިފްޓު ވައުޗަރެއް ދީފަ އެވެ.

ވެލިގާއިން ބުނީ މި ވައުޗާ ބޭނުންކޮށްގެން، އޭގައިވާ އަދަދަށް، ވެލިގާ އަދި ބްލަންކްގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ޔޫރަޕްގެ ފުޓްބޯޅަ ސީޒަންއަކީ ރާއްޖޭގައި ވެސް ވަރަށް ފޯރިގަދަ، އަދި ވަރަށް ގިނަ ބަޔަކު ފުޓްބޯޅަ ބަލާ ދުވަސްވަރެކެވެ. މި އަހަރުގެ ސީޒަންގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ އާދިއްތަދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. އެ މެޗުގައި ބައްދަލުކުރަނީ މެންޗެސްޓަ ސިޓީ އާއި އިޓަލީގެ އިންޓަ މިލާނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް