މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. (ދަައުރު ފޮޓޯ/ހުސައިން ސުނައިން)

މޯޕާ

ކޮކާކޯލާ ފައުންޑޭޝަނާއި މޯޕާ ގުޅިގެން މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ގާއިމްކޮށްފި

ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތަކަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކާނެ

ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް)އެއް ގާއިމްކޮށް ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ ބައިވެރިން ގުޅިގެން މުހިންމު މަޝްރޫއެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށި މި މަޝްރޫއަކީ އުކާލާ ޕްލާސްޓިކް އެއްކޮށް، ރީސައިކަލްކުރުމާއި ޕެކޭޖިންގެ ވަށައިގެން، ވަށައި ޖެހޭ އިގްތިސާދެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން ފެށި މަޝްރޫއެކެވެ.

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތު. (ދަައުރު ފޮޓޯ/ހުސައިން ސުނައިން)

ތަފްސީލް - އެމްއާރްއެފްއަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފައްދަން ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކަން މުހިއްމު ނިޒާމެކެވެ.

އެގޮތުން މި ނިޒާމުގެ ބޭނުން ކުރެވޭނެ ދާއިރާތަކުގެ ތެރޭގައި:

  • ވަށައި ޖެހޭ އިގްތިސާދެއް ގާއިމްކުރުމަށް

  • ކުނި މެނޭޖުކުރުމަށް 

  • ތަގައްޔަރުވުން ހުއްޓުވުމަށް

  • ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް

  • ޕެޓް ފަދަ އަލުން ބޭނުންކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް

  •  ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައުއަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވައިދެނީ. (ދަައުރު ފޮޓޯ/ހުސައިން ސުނައިން)

ޕެޓް ޕްލާސްޓިކް އަލުން ބޭނުންކުރުމަށް އެއްކޮށް، ތަރުތީބުކޮށް، ބޭލްކޮށް، އެކްސްޕޯޓްކުރުމަށް ފަރުމާކޮށްފައިވާ މޯޕާ އެމްއާރްއެފްގެ މަސައްކަތަށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން  150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އެމްއާރްއެފްގައި ބޭލާ މެޝިނަކާއި، ޕިކަޕަކާއި، ބަރުދަން ބަލާނެ އާލާތްތަކާއި، ފޯކްލިފްޓެއް ހިމެނޭއިރު، ބޭލްކޮށްފައިވާ ޕްލާސްޓިކް ބަހައްޓާނެ ތަނެއް ވެސް ހުންނާނެ އެވެ.

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮކާ-ކޯލާ ފައުންޑޭޝަންގެ އޮފިޝަލަކު ވާހަކަދައްކަވަނީ. (ދަައުރު ފޮޓޯ/ހުސައިން ސުނައިން)

ބުނީ ކީކޭ؟ - ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ސާދިޔާ މެޑްސްބްޖާގް ވިދާޅުވީ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި، މުޖުތަމައުތަކަށް ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ އީޖާދީ ވިސްނުމާއި މުއައްސަސާތަކަށް އިންވެސްޓްކޮށްގެން ތަފާތުތަކެއް ގެނެސްދިނުން ކަމަށެވެ. މި ފެސިލިޓީ ހުޅުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅިުވި އެވެ.

"މިއީ، ޕެޓް ޕެކޭޖިންގެ ވަށައިގެން ވަށައި ޖެހޭ އިގްތިސާދެއް އުފެއްދުމުގައި އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސަރުކާރާ އެކު ފަށާފައިވާ މުހިންމު މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް،" ސާދިޔާ ވިދާޅުވި އެވެ.

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯޕާގެ ރައީސް ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ. (ދަައުރު ފޮޓޯ/ހުސައިން ސުނައިން)

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ އާ މިންގަނޑެއް ކަނޑައެޅޭ މި މަސައްކަތުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. މި ފެސިލިޓީގެ ސަބަބުން ޕްލާސްޓިކް ކުނިން ތަގައްޔަރުވުން ކުޑަކުރުމުގެ އިތުރުން މުޖުތަމައުތަކަށް އިގްތިސާދީ އަދި ދިރިއުޅުމުގެ އާ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށެވެ.

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.(ދަައުރު ފޮޓޯ/ހުސައިން ސުނައިން)

ފާހަގަ ކުރެވޭ ކަމެއް - މޯޕާއާ އެކު ގާއިމްކުރި މި ގުޅުމަކީ، ޕްލާސްޓިކް ކުނިން ތަގައްޔަރުވުން ހުއްޓުވުމަށާއި ރާއްޖޭގައި ވަށައި ޖެހޭ އިގްތިސާދެއް ގާއިމްކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ރާއްޖެއަށް ދިން ފުރަތަމަ އެހީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް