ހިތަދޫ ސިޓީ ސްކްއާގައި ބޭއްވި ޖަލްސާގައި ރައީސް
ކޮވިޑް ނައި ނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހުންނާނީ ބޮޑުކޮށްފައި: ރައީސް
ކޮވިޑް-19 އާއި ކުރިމަތިލާން ނުޖެހުނުނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިހާރު ހުންނާނީ ބޮޑުކޮށްފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އައްޑޫ ސިޓީއަށް އަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ބާއްވާފައިވެ އެވެ.
ތަފްސީލް - ޖަލްސާގައި ވާހަކަދައްކަވަމުން މިރޭ ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު އައްޑޫގައި އޮތް އެންމެ ފަހު ޖަލްސާއަށް ވަޑައިގަތީ ޖަޒީރާ މެނިފެސްޓޯ އަކާއެކު ކަަމަށެވެ. މިއަދު އައްޑޫ ސިޓީން ފެންނަނީ އައްޑޫ ރައްޔިތުން އައްޑޫ ދެކެން ބޭނުންވާ ގޮތް ކަމަށް އެ ދުވަހު އައްޑޫ ރައްޔިތުން އެދުނު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެޔަށް ފަހު ވެރިކަމާ ހަވާލުވެ ސަރުކާރަށް މަސައްކަތްކުރަން ލިބުނީ ތިން އަހަރު ކަމަށެވެ. އެއީ ކޮވިޑްގައި ހޭދަކުރި ދެ އަހަރު ނުލަ އެވެ.
"ކޮވިޑް އަޅުގަނޑުމެންނާ ކުރިމަތިނުވި ނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ދައުލަތުގެ ހުރިހާ މީހުންގެ މުސާރައަށް ބޮޑު ބަދަލުތަކެއް ގެނެވިފައި،" ޕޭ ހަމަނައިޒޭޝަން ތެރެއިން މުސާރައަށް ބަދަލު ނައިސް ހުރި ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
-
މަސައްކަތްކުރަން ލިބުނު ތިން އަހަރު މުޅި ރާއްޖޭގައި ގިނަ ކަންކަން ކުރެވިއްޖެ
-
މިއިން ޒަމާނަކު ރާއްޖޭގައި ނުހިންގޭ ވަރުގެ ގިނަ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ؛ މި މަޝްރޫއުތައް ނިމޭއިރު ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ދެން ކުރަން ހުންނާނީ މަދުކަމެއް
-
ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކޮންމެ ސިޔާސީ ޕާޓީއަކުވެސް މެނިފެސްޓޯއެއް ގެންނާނެ
-
އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރުތެރޭ އެންމެ އިސްކަމެއްދޭނީ ހަމަޖެހުމާ ސުލުހައަށް
-
ކުރިއަށް އޮތް ފަސް އަަހަރަށް އަމާޒު ހިފާނެ މައިގަނޑު އެއް ކަމަކީ އިޖުތިމާއީ މައްސަލަތައް
-
ޖިންސީ ހަމަހަމަކަން ގެނައުމަށް އިސްކަންދޭނެ
-
ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވުމަށް އިސްކަންދޭނެ
ފާހަަގަކޮށްލެވޭ ކަމެެއް - މިރޭ އައްޑޫ ސިޓީ ހިތަދޫގައި އޮތް މި ޖަލްސާގައި ވަނީ ހަވާ ވެސް އަރުވާފަ އެވެ. ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.
ކޮމެންޓް (1)
މުހައްމަދު