ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ތެރޭގައި

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ދައުވާ ކުރަން ފޮނުވައިފި

މޮޓޯކޭޑަށް ހުރަސްއަޅައިގެން ދައުވާ ކުރަނީ ފަސް މީހެއްގެ މައްޗަށް

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ދައުވާ ކުރަން ފޮނުވައިފި އެވެ.

ވީ ކިިހިނެއް؟ - ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މިދިޔަ މާޗު މަހުގެ20 ވަނަ ދުވަހުގެރޭ، ބޮޑުތަކުރުފާނުމަގު، ޗީބޯ ކެފޭ ކައިރިން ރައީސް ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅާ، އަޑުގަދަކޮށް، އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ތަފްސީލް - އެ މައްސަލާގައި ގާނޫނުލް އުގޫބާތުގެ553 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ،

  • 1-

    މުހައްމަދު އައްބާސް / ހުޅުމާލެ ގޯތި11328

  • 2-

    އަހުމަދު ރަޝީދު/ ދަފްތަރު ނަންބަރު 9151

  • 3-

    އަހުމަދު އަޒީލް / ހުޅުމާލެ ފްލެޓު06-2-154

މި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 31 ގައި ކަމަށް ޕީޖީ އިން ބުންޏެވެ.

މީގެ އިތުރުން މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ގާނޫނުލް އުގޫބާތުގެ615 ވަނަ މާއްދާގެ ދަށުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް ކޮށްފައިވެ އެވެ. އެ ދެމީހުންނަކީ

  • 1-

    އަހުމަދު ސިނާން / އެސްޓަންވިލާ، ގއ. ދެއްވަދޫ

  • 2-

    މަރިޔަމް މާޝާ / ސޭޑީކޯނާ، ށ. ބިލަތްފަހި

އިތުރު އާޓިކަލް

އިތުރު އާޓިކަލް