ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ވެރިކަމަށް އައިއިރު ގައުމުގައި އޮތް ބިރުވެރިކަން ބަދަލުކުރެވިއްޖެ: ރައީސް

ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މަނިކުފާނުގެ އެންމެ ފުރަތަމަ އަމާޒަކަށް ހެއްދެވީ ގައުމަށް ސުލްހަ ގެނައުން

މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ހަމަނުޖެހުމާއި ބިރުވެރިކަން ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުކުރެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސްް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިހާރު ގެންދަވަނީ ފ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން، މިއަދު ފެއްޓެވި މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އެ އަތޮޅުގެ ވެރިރަށް ނިލަންދު އެވެ.

ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތާއި މިހާރު އޮތްގޮތާ މެދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ބުނީ ކީކޭ؟ - ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމަށް ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ، އޭރު އޮތް ހަމަނުޖެހުމާއި ބިރުވެރިކަމުން ގައުމު ސުލްހަކޮށް، އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެއްދެވުމެވެ. އަދި އެ މަސައްކަތުން، މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ އާއި ރަށްރަށުގައި އޮތް އެ ބިރުވެރިކަން ނައްތާލެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުރިހާ ހިދުމަތެއް މާލޭގައި އޮތުމުން، ގިނަ ބަޔަކަށް މަޖުބޫރުވެފައި އޮތީ ދިރިއުޅެން މާލެއަށް ހިޖުރަކުރުން ކަމަށެވެ. އޭގެ ސަބަބުން މާލޭގެ އާބާދީ އިތުރުވެ، ހާލަތު ގޯސްވެ، ދިރިއުޅެން އެންމެ ރަނގަޅު ނޫން ތަނަކަށް މާލެ ވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވެ، ރަައީސްގެ އަމާޒަކަށް ވެވަޑައިގެންފައި އޮތީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަށްރަށަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

ރައީސް ވިދާޅުވި ގޮތުގައި:

  • އެ މަސައްކަތުގެ ދަށުން ބޯފެނާއި ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިން

  • ލަފާފުރުމުގެ ދަތިކަން ހައްލުކޮށް، ވަޒީފާތައް އުފައްދަން ޖެހޭ

  • ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ތައާރަފް ކުރަން ޖެހޭ

"އަޅުގަނޑުމެންގެ އަމާޒަކީ ހިޔާލު ތަފާތުވުންތަކާ އެކު، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމުގައި އެންމެން އެކީ މަސައްކަތްކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އޭގެ ފަހުން، ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުން އެއީ އެ މަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް