ވިލިނގިލީ ދާޢިރާގެ މެމްބަރު ސައުދު ހުސެއިން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ސުވާލުކުރައްވަނީ؛ 23 މެއި 2022

އެކްސިޑެންޓުވި މެމްބަރު ސައުދު އޮޕަރޭޝަނަށް ފަހު ސްޓޭބަލް

އޭނާއަށް މިވަގުތު ވެސް އަަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން

ސިނަމާލެ ބްރިޖު ހައިވޭ މަތީގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެންގެ ހާލަތު ސްޓޭބަލް ކަމަށް އޭނާގެ އާއިލާގެ ފަރާތުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އާއިލާގެ ފަރާތުން 'ދައުރު'އާ ވާހަކަ ދެއްކެވި ސައުދުގެ ބޭބެ ޝަހުރަބު އަބްދުﷲ ވިދާޅުވީ އޭނާގެ އަތުގެ ކޮނޑުހުޅާއި ކަކުލުހުޅާ ދިމާއިން މަސްގަނޑު ވީދައިގެން ދިޔަ ތަންތަން ފެހުމަށް ކުރި އޮޕަރޭޝަނަށް ފަހު، އޭނާ އޮތީ ސްޓޭބަލް ހާލަތުގައި ކަމަށެވެ.

ބުނީ ކީކޭ؟ - ރޭގައި ކުރި ސާޖަރީއަށް ފަހު އޭނާއަށް ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. ނަމަވެސް، އަދި އޭނާ ދޫކޮށްލާނެ ދުވަހެއް ނޭނގޭ ކަމަށް، އެންވަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ކަން ވެސް ކުރައްވާ ޝަހުރަބް ވިދާޅުވި އެވެ.

"ބޮޑު އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް. ސިކުނޑިއަށް އެއްވެސް އަނިޔާއެއް ނުވޭ." އޭނާ ބުންޏެވެ.

މެމްބަރު ސައުދަށް މިއަދު ހޮސްޕިޓަލުގައި ފަރުވާ ދެނީ. ފޮޓޯ/ޓުވިޓާ/މިދުއަމް ސައުދު

އެނގުން މުހިއްމު - ޝަހުރަބު ވިދާޅުވި ގޮތުގައި ސައުދު އެކްސިޑެންޓުވީ، އިއްޔެ ހެނދުނު މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގަ އެވެ.

ބްރިޖްގެ ހުޅުމާލެއާ ވީ ފަޅިން ހައިވޭގައި ވަޑައިގަންނަވަނިކޮށް، ކުރިމަތީގައި އޮތް ޕިކަޕެއް ކުއްލިއަކަށް މަޑުކުރުމުން ސައުދަށް ސައިކަލުގެ ބުރެކި ނުޖެއްސި އޭގައި ގޮސް ޖެހުނީ ކަމަށް ޝަހުރަބު ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި އޭނާގެ އަތުގެ ކޮނޑުހުޅު އަދި ކަކުލުހުޅާ ދިމާއިން ވަރަށް ބޮޑަށް ވީދައިގެން ދިޔަ އެވެ. އަދި އަތުގެ ކުޑަހުޅަށް ވެސް އަނިޔާވި އެވެ. ނަމަވެސް، ހެލްމެޓް އަޅައިގެން ހުންނެވުމުގެ ސަބަބުން ސައުދުގެ ބޮލަށް ގެއްލުންވެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް