މާލޭ ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ދޮގު ބަޔާން ދިން ކަމުގެ ކުށް މުއިއްޒުގެ މައްޗަށް ސާބިތެއް ނުވި
ނޫމަޑި ރިސޯޓްސް އިން ދިވެހި ދައުލަތާ ދެކޮޅަށް ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވިކަން ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ ނޫމަޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ މުއިއްޒު މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ކުރީ، އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އެގޮތުން:
-
ދައުލަތުން ތުހުމަތު ކުރީ އެއްބަސްވުން ބާތިލުކުރުމުގައި ސަރުކާރުން އަމަލުކުރީ ގޯސްކޮށް ކަމަށް މުއިއްޒު ސޮއިކުރައްވާފައިވާ 'ވިޓްނަސް ސްޓޭޓްމަންޓް'އެއް ދީފައިވާ ކަމަށް
-
އެހެންވެ، އޭނާގެ މައްޗަށް ކުރީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ
ތަފްސީލް - ދައުވާތަކަށް އިންކާރުކޮށް މުއިއްޒު ކޯޓުގައި ވިދާޅުވެފައިވަނީ އާބިިޓްރޭޝަނަށް އެއްވެސް އިރެއްގައި ބަޔާނެއް ދީފައި ނުވާނެ ކަމަށެވެ. އަދި އަދި އެ ބަޔާނުގައި އޮތް ސޮޔަކީ ވެސް މުއިއްޒުގެ ސޮޔެއް ނޫން ކަމަށެވެ.
އެކަން ސާބިތުކުރަން ހުށަހެޅި ހެކިވެރިޔާ ބުނެފައިވަނީ އެ ސޮޔަކީ މުއިއްޒުގެ ސޮއިނޫންކަން އެނގެނީ، އޭނައަކީ މުއިއްޒުއާ ވަރަށް ގާތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މީހަކަށްވާތީ، އެ ސޮޔަކީ ވަރަށް ސްޓްރައިޓުކޮށް ވަަރަށް ބަލައިގެން ކޮށްފައިވާ ސޮޔެއްކަމަށް ބެލެވޭތީ ކަމަށެވެ.
މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދައުވާ މުއިއްޒުގެ މައްޗަށް ސާބިތު ނުވާ ކަމަށެެވެ.
އެގޮތުން ގާޒީ ސަފްއަތު ހަބީބު މިއަދު އިއްވި ހުކުމުގައި ވިދާޅުވީ:
-
އާބިޓްރޭޝަނަށް ދީފައިވާ ބަޔާނަކީ ހަގީގަތުގައި ވެސް މުއިއްޒުގެ ބަޔާނެއްކަން ދައުލަތަށް ސާބިތުކޮށްދެވިފަ ނުވާ ކަމަށް
-
އަދިި އެ ބަޔާނުގައި އޮތް ސޮއިގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް
-
އެހެންވީމަ އެއީ މުއިއްޒުގެ ބަޔާނެއް ކަމާ މެދު ޝައްކު އުފެދޭ
-
ޅ. ދިއްފުށިމާދޫ ނެގުމުގައި ބައިވެރިވެފައިވާކަން ދައުލަތަށް ސާބިތުކޮށްދީފައެއް ނުވޭ
ދައުވާ ސާބިތުކުރަން ދައުލަތުގެ ފަރާތުން 10 ހެއްކެއް ހުށަހަޅާފައިވެ އެވެ. ދިފާއުގައި މުއިއްޒުގެ ފަރާތުން 19 ހެއްކެއް ހުށަހެޅުއްވި އެވެ.
ދައުވާގެ ކުށުގެ ކޮންމެ ރުކުނެއް މި މައްސަލާގައި ހުށަހަޅާފައިވާ ހެކި، ގަރީނާތަކުން ސާބިތުވޭތޯ ޝަރީއަތުން ބަލާފައިވެ އެވެ. ހުކުމުގައި ވާގޮތުން، ކުށުގެ ފުރަތަމަ ރުކުން ކަމުގައިވާ ދޮގު ބަޔާނެއް ދިން ކަމަށް ދައުލަތުން ބުނާ ބުނުމުގެ އަސްލު ބިނާވާ މައިގަނޑު ނުކުތާ އަކީ މުއިއްޒު ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަނަށް 2019 ޖޫން 25 ވަނަ ދުވަހު ހުށަހަޅާފައިވާ ވިޓްނަސް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވާ ކަންކަމެެވެ.
ދައުވާތަކުގެ ސީގާގައި ބަޔާކޮށްފައިވާ ގޮތުން މުއިއްޒު ދޮގު 'ބަޔާން'ދީފައިވަނީ:
-
ނޫމަޑީގެ ހެކިވެރިއަކަށްވުމާމެދު
-
ހައުސިން މަޝްރޫއުއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފުރަތަމަ ފިޔަވަހީގެ އަދި ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާ އެެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުންދިޔަ ކަމަށް ބުނުމާމެދު
-
ނޫމަޑިއަށް ލަގްޒަރީވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައެއް ނުވާނެ ކަމުގެ މައްޗަށް
ހުކުމުގައި ބުނީ، އެޓާނީ ޖެނަރަލް(އޭޖީ) އޮފީހުގެ ފަރާތުން ފުލުހުންގެ ކިބައިން ތަހުގީގުކޮށްދޭން އެދުނު މި މައްސަލައިގެ ތަހުގީގު ފުލުހުން ބިނާކޮށްފައިވަނީ އާބިޓްރޭޝަނަށް މުއިއްޒު ދިން ބަޔާނުގައި ދޮގު ހެކި ދިންކަމަށް އޭޖީ އޮފީހުން ބަޔާންކުރި ކުރުމަށް ބާރު ލިއްބައިދޭ ހެކި ހޯދުމަށް ކަމަށެެވެ. އެކަމަކު ތަހުގީގު ކޮންމެ މިސްރާބަކަށް ގެންދިޔަ ނަމަވެސް ތަހުގީގައި ވެސް އަދި ޝަރީއަތެއް ކުރެވޭ ހާލަތުގައި ވެސް ވިޓްނަސް ސްޓޭޓްމަންޓުގެ ސައްހަކަން ކަށަވަރުވުމަކީ ލާޒިމު ކަމެއްކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނީ:
-
މި މައްސަލާގައި ހުށަހަޅާފައިވާ ވިޓްނަސް ސްޓޭޓްމަންޓަކީ ހަގީގަތުގައި ވެސް މުއިއްޒު ދިން ބަޔާނެއް ކަމުގައިވާ ނަމަ، އެބަޔާނުގެ ސައްހަަކަން ކަށަވަރުކުރުމަށް ފުލުހުންގެ ތަހުގީގުގައި މަސައްކަތްކޮށްފައެއް ނުވޭ
-
އަދި ބަޔާނުގައި އޮތް ސޮޔަކީ ވެސް ސައްހަ އެއްޗެއްކަން ކަށަވަރުކުރަން އެއްވެސް މަސައްކަތެއް ކޮށްފަވާކަން ދައުލަތަށް ބުނެދެވިފައެއް ނުވޭ
-
ވިޓްނަސް ސްޓޭމަންޓުގައި ދޮގު ހަދާފައިވާކަން ވެސް ދައުލަތަށް ސާބިތެއް ނުކޮށްދެވޭ؛ އެ ހާލަތުގައި ދައުލަތުގެ ދައުވާ ލޮއީފްވާނެ
-
ނޫމަޑިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ގެންގޮސްފާ ނުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން އެގޮތަށް ނިންމީ ކޮން ތަނަކުން ކޮން މަރުހަލާއަކުންތޯ ސުވާލު އުފެދޭ
-
އެފަދަ ނިންމުމެއް ވުޖޫދުގައި ނެތި އެކަމާ ދެބަސްވާ ހާލަތުގައި ޝެޑިއުލާ އެއްގޮތަށް ނޫމަޑިން މަސައްކަތް ކުރިއަށް ނުގެންދާކަން ސާބިތުކޮށްދޭން ޖެހޭނެ؛ އެކަން ދައުލަތަަށް ސާބިތުކޮށްދެވިފައެއް ނުވޭ
ކޮމެންޓް (1)
ސިކުނޑި