މާލޭގައި ގެންގުޅޭ ތަން ފެންނަ އޮސްޓްރިޗް: މި މައްސަލަ މިހާރު ދަނީ ބަލަމުން. (ފޮޓޯ/އެމްވީކްރައިސިސް

ދޫނި

މާލޭގައި އޮޅުކޮށްގެން އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ބަލަނީ

ޕެޓެއްގެ ގޮތުގައި އޮސްޓްރިޗެއް ގެންގުޅެން ހުއްދަ ދީފައި ނުވާނެ ކަމަށް ސަރުކާރުން ބުނޭ

މާލޭގެ ގެއެއްގައި އޮޅުކޮށްގެން އޮސްޓްރިޗެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާއްމު ގޮތެއްގައި ރާއްޖޭގައި ނުގެންގުޅޭ މި ދޫންޏާ އެކު އޭގެ ވެރިފަރާތް މަޑުކޮށްލައިގެން ހުރި ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، އިމާރާތެއްގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި އިރު، އެ މީހާއަށް ވުރެ އޮސްޓްރިޗް ބޮޑެވެ.

ތަފްސީލް - މި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުވި އިރު، މި ދޫނި ރާއްޖޭގައި ގެންގުޅެނީ ހުއްދަ ނަގައިގެން ކަން ފެންނަ ލިޔުމެއް ވެސް ދަނީ ދައުރުވަމުންނެވެ. އެއިން އެނގޭ ގޮތުގައި، 50 ޑޮމެސްޓިކް އޮސްޓްރިޗް ބިހަށް، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ.

ނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހުސައިން ވިދާޅުވީ: 

  • 1-

    ރާއްޖޭގައި އޮސްޓްރިޗް ގެންގުޅުމަށް ހުއްދަ ދޫކޮށްފައި ވާނެ

  • 2-

    އެ ހުއްދަ ދީފައިވާނީ ޕޯލްޓްރީ ފާމަކަށް؛ ގޭގައި އޮޅުކޮށްގެން ގެންގުޅޭކަށް ނޫން

  • 3-

    ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއިން ފެންނަނީ އެ ހުއްދައިގެ ދަށުން ގެންގުޅޭ ދޫންޏެއްތޯ މިހާރު ބަލަމުން އެބަދޭ

"ޕެޓެއްގެ ގޮތުގައި ގެންގުޅޭކަން އަޅުގަނޑުމެން ހުއްދައެއް ނުދެން. ފާމުގައި ގެންގުޅެން ހުއްދަ ދީފައިވާނީ. އެހެންވެ، އެކަން އަޅުގަނޑުމެން ބަލަމުން މި ދަނީ،" ނަސްރުﷲ ވިދާޅުވި އެވެ.

ކޮމެންޓް (1)

އާދަނު

16 މޭ 2023
ގަވައިދާހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަބަލާ އެމީހުން މިތަނުން ބާލަބަލަ. މާރީތިވާނެ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް