ހުޅުލެ-ހުޅުމާލޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް 7 ޑިސެމްބަރު 2022 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)

20 ރަށެއްގައި އަވިން 20 މެގަވޮޓުގެ ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރަނީ

މިއީ ސަރުކާރާއި އޭޑީބީ ގުޅިގެން ހިންގަން ތައްޔާރުވަމުން އަންނަ މަޝްރޫއެއްގެ ދަށުން ގާއިމްކުރާ ނިޒާމުތަކެއް

އަވިން ކަރަންޓު އުފައްދާ ނިޒާމު 20 ރަށެއްގައި ގާއިމުކުރުމުގެ މަޝްވަރާތައް ފަށައި އެ ރަށްތަކުގައި އެ ނިޒާމު ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް (އޭޑީބީ)އާ ގުޅިގެން 'އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަޖީ (އެޝުއަ)' މަޝްރޫއު ހިންގުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން:

  • އަވިން ކަރަންޓް އުފައްދާ ނިޒާމު ގާއިމްކުރާނީ ބީލަން ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި އަދި އެ ފަރާތުގެ ތަކެތީގައި 

  • އެ ފަރާތަކުން އެ ނިޒާމުތައް ވަކި މުއްދަތަކަށް ހިންގައި ބަލަހައްޓަން ޖެހޭނެ 

  • އެ މުއްދަތަށް ފަހު އެ ނިޒާމުތަކާ ސަރުކާރުން ހަވާލުވާނެ

ނަމަވެސް، މި މަޝްރޫއުގައި ހިމެނޭ ރަށްތަކުގެ ތަފްސީލެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ތަފްސީލް - އިއުލާންގައިވާ ގޮތުން:

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް 3,000ރ. ނުވަތަ 200 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ؛ އެ ފީ އަނބުރާ ނުދޭނެ

  • ފައިސާ ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން 10 އޮގަސްޓަށް ފިނޭންސް މިިނިސްޓްރީގެ ބަނޑޭރި ޕޭ ޕޯޓަކް މެދުވެރިކޮށް

  • މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 500,000 ޑޮލަރު ނުވަތަ އެ އަދަދަށް ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ

  • ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 180 ދުވަސް

  • 14 އޮގަސްޓްގެ ހެނދުނު 11ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ބީލަން ހުށަހެޅޭނެ

އެނގުން މުހިންމު - އަވިން ކަރަންޓު އުފައްދާ ނިޒާމު މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި ގާއިމުކޮށްފައިވެ އެވެ. އެގޮތުން، 2017 ވަނަ އަހަރުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށެއްގައި ޖުމްލަ 4.57 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމުތަކެއް ގާއިމުކުރުމަށް ހަވާލުކުރި އެވެ.

މާލެ އާއި އައްޑޫ ފަދަ ބޮޑެތި ބައެއް ތަންތަނުގައި ވެސް އެފަދަ ބޮޑެތި މަޝްރޫއުތަކެއް، ބޭރުގެ ފަރާތްތަކުގެ އެހީގައި އެބަ ކުރިއަށް ގެންދެ އެވެ.

ކޮމެންޓް (1)

ޖަމްބޯ

12 މޭ 2023
ބަޔަކު ކުރިމަތި ލިޔަ ނުދޭންތަ 5 ލައްކަ ޑޮލަރުގެ ބިޑް ސެކިއުރިޓީ ތި ނަގަނީ؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް