ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ލިބިވަޑައިގެންނެވި އަބްދުﷲ އިބްރާހީމް

އެމްއެންޑީއެފް

މޮޓޯކޭޑް މައްސަލާގައި ސަސްޕެންޑުކުރި ކާނަލް އިބްރާހިމް ބްރިގޭޑިއާ ޖެނެރަލަކަށް ޕްރޮމޯޓުކޮށްފި

ބްރިގޭޑިއާ ޖެނެރަލްގެ ދަރަޖައަކީ އެމްއެންޑީއެފްގައި ހަތަރުވަނަ އަށް އެންމެ މަތީ ރޭންކް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސެކިޔުރިޓީ ފެއިލްވި މައްސަލާގައި މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް، ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސްގެ ސަލާމާތީ ކަންކަމާ ގުޅޭ އިސްވެރިޔާ އަބްދުﷲ ހިމެނޭހެން ރައީސްގެ ސެކިޔުރިޓީ ކަންތައް ބަހައްޓާ ޔުނިޓުގެ އިސް ސިފައިންތަކެއް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ، މިދިޔަ މަހު ޕީޕީއެމް އޮފީސް ކުރިމަތީ އޮތް އިދިކޮޅު މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަތް މައްސަލައާ ގުޅިގެންނެވެ.

ތަފްސީލް - އެ ފިޔަވަޅު އަޅާފައި ވަނިކޮށް ކާނަލް އަބްދުﷲ، ބްރިގޭޑިއާ ޖެނެރަލެއްގެ މަގާމަށް ޕްރޮމޯޓު ކޮށްފައިވާކަން އެމްއެންޑީއެފް އިން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

ބްރިގޭޑިއާ ޖެނެރަލްގެ ދަރަޖައަކީ އެމްއެންޑީއެފްގައި ހަތަރުވަނަ އަށް އެންމެ މަތީ ރޭންކެވެ. 

މުޒާހަރާގެ ތެރެއަށް މޮޓޯކޭޑު ވަނުމާ ގުޅިގެން އޭރު އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ބެލުމަށް ސިފައިންގެ ތެރޭގައި ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ރައީސްގެ ސެކިއުރިޓީގެ ކަންކަން ހިންގުން ވަގުތީ ގޮތުން މޭޖާ އިބްރާހިމް ހަލީމްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭރު ބުންޏެވެ.

އޭގެ ފަހުން އެ ނިންމުމަށް ބަދަލެއް ގެނައި ކަމަކަށް އެމްއެންޑީއެފުން ބުނެފައެއްނުވެ އެވެ.

ގުޅުންހުރި - ރައީސްގެ ސެކިޔުރިޓީ ބްރީޗުވި މައްސަލަ މަޖިލީހުގެ 241 ކޮމެޓީ އިން ވެސް ބަލަން ފެށި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް